ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެކެވެ.

މިއަދުގެ ޓްރަޔަލް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޓްރަޔަލްއަށްފަހު ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ, މިއަދަކީ އެމްއޭސީއެލް އާއި ރާއްޖޭގައި ހަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް/ ފޮޓޯ: އެމްއޭސީއެލް

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކުރި އެވެ.

އޭގެ އިތުރުން އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފަ އެވެ. މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް/ ފޮޓޯ: އެމްއޭސީއެލް

ޕެސެންޖާ ބޯޑިން ބްރިޖު (ޕީބީބީ)އާ ގުޅޭ މައުލޫމާތު

މަތިންދާބޯޓުން ފައިބައިގެން ޓާމިނަލަށް ދާން މިހާރު އޮންނަ ހަމަ އެކަނި ގޮތަކީ ބަހަކަށް އެރުން ނުވަތަ ހިނގާފައި ދިއުމެވެ. އެކަމުގެ ސަބަބުން ފަސިންޖަރުންނަށް އެތައް ތަކުލީފެއް އުފުލަންޖެހި, ވަގުތު ބޭކާރުވެ އެވެ. ވަގުތުގެ ގޮތުން ބަލާ ނަމަ މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރަން މިހާރު ގާތްގަނޑަކަށް 28 މިނެޓާއި 35 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވެ އެވެ.

ޕީބީބީ އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެ އެވެ. މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތަށް ކުޑަ ކުރެވި, ވަގުތު ސަލާމަތް ކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އެވެ.

ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓެވެ. މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް/ ފޮޓޯ: އެމްއޭސީއެލް

އެޑްވާންސް ވިޝުއަލް ޑޮކިން ސިސްޓަމް (އޭވީޑީޖީ)އާ ގުޅޭ މައުލޫމާތު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މަތިންދާބޯޓެއް ޖެއްސުމުން, އެ މަތިންދާބޯޓުގެ ޕައިލެޓަށް, ޓެކްސީ ވޭއިން އެއާޕޯޓް އޭޕްރަން އަށް އައިސް ޕާކު ކުރުމަށް މިހާރު އިރުޝާދު ދެމުން އަންނަނީ އެކަމަށް ތަމްރީނު ކޮށްފައިވާ މާޝަލްސްއެވެ. ނަމަވެސް ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައި މާޝަލް އަށާއި ޕައިލެޓަށް ދަތިތަކެއް ކުރިމަތިވެއެވެ.

ނަމަވެސް އޭވީޑީޖީ ސިސްޓަމާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ އެވެ. އެގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ. އަދި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: