ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ބޭރުން/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް/ މުހައްމަދު ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 2025 ޖުލައި 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ 2025 މެއި 8 ވަނަ ދުވަހު ރިޓަޔަމަންޓް ހުށަހަޅުއްވާފައެވެ. އެމަނިކުފާނުގެ ރިޓަޔަމަންޓް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން 2025 ޖުލައި 21 އިން ފެށިގެން ޝަރަފުވެރިކަމާއެކު ގަބޫލުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައު ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީގޮތުން ހަވާލުކުރެވިފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ ޝަރުތުތައް

އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ. އަދި މީގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ތައުލީމީ ގޮތުން ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ، އަދި އުމުރުން 30 އަހަރު ފުރިފައިވާ ފަރާތްތަކަށް މި މަގާމަށް ކުރިމަތިލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: