ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަގީންކަންދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހެނބަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ހިމަނުއްވާފައިވާކަމަށެވެ. ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ތޮށިލާންޖެހޭ ހިސާބާއިކަނޑާއި ކައިރިވުމުން އިންޖިނިއަރިންގެ ގޮތުން ޑީޓެއިލް ޑިޒައިނެއް ހެދެންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށް ސެޕްޓެމްބަރު މަހާއި ހަމައަށް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމަށް އަމާޒުހިފާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހެނބަދޫގައި ބިންހިއްކެން އޮތް އެންމެ ބޮޑުމިނަކީ ހަ ހެކްޓަރުކަށާއި އެއީ ރަށަށް ވަރަށް މުހިންމު ޖާގައެއްކަން އެ މަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. ބިންހިއްކާ ނިމުމުން ބިމުން ގޯތި ނުވަތަ ހައުސިންއަށާއި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ޖާގައެއް ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމާއިރު އޮންނަވަރަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވަޢުދު އެއްގޮތަށް، ހެނބަދޫގައި ފުލް ސައިޒްގެ ފުޓުބޯޅަ ޕިޗެއްވެސް ހެދެންއޮތީ ބިންހިއްކައިގެން ކަމަށްވާތީ ބިންހިއްކުމާއި ތޮށިލުމުގެ މަސައްކަތް ގުޅިގެންދާގޮތަށް އެ ސަރަޙައްދު ހިމާޔަތްވާގޮތަށް ބޮޑު ފުޓްބޯޅަ ދަނޑެއް އެޅޭގޮތަށް މަސައްކަތް ކުރިއަށްގެންދަން ރާއްވަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅު ކުރެއްވުމަށްޓަކައި މުވައްޒަފުން އިތުރުކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 16 ގަޑިއިރަށް، ޚިދުމަތްދެވޭވަރަށް ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ގެ ވަޢުދުފުޅާއި އެއްގޮތަށް ހެނބަދޫގައި މިސްކިތެއް އެޅުމަށްޓަކައި މިއަދު ވަނީ އެ މިސްކިތުގެ ބިންގާއަޅުއްވާފައެވެ. މީގެ އިތުރުން ނ. ހެނބަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: