ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާކަމެއް ގުޅެނީ އުމްރާނީ ތަރައްގީއާއި ނޫން، ރައްޔިތުންގެ ހެވާއި ލާބައަށް ނިންމާ ނިންމުން ވެސް މުހިންމު: ހުސްނީ

ނ. އަތޮޅަށް ރައސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން،
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީއަކީ ހަމައެކަނި އުމްރާނީ ގޮތުން ކުރެވޭ މަސައްކަތެއް ނޫންކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ ހެވާއި ލާބައަށް ވެސް އެތައް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ވެރިއެއްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭގެ ބޮޑު ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ މަނަދޫގަ އެވެ. ދާއިރާގެ ރަށުގައި ކުރިޔަށް ގެންދިޔަ މި ޖަލްސާގައި ހުސްނީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަށްތަކަށް ދަތުރު ކުރައްވާތީ އޭގެ ބޭނުމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާކަމަށެވެ. އެކަމަކު އޭގެ ބޭނުން އެންމެ ރަނގަޅަށް އެނގިގެން ދާނީ، ރައީސް އެ ރަށަކަށް ވަޑައިގެން ކައުންސިލާއި ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ގެންނަ ހައްލުތަކުންކަމަށް ހުސްނީ ވިދާޅުވި އެވެ.

މަނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިރޭގެ ޖަލްސާގައި ހުސްނީ ފާހަގަކުރެއްވީ ނަދުރަމާގެ ނިޒާމެވެ. ނަރުދަމާގެ މައްސަލަތައް ހުރުމުގެ ސަބަބުން އޭގެ ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާކަމަށް ހުސްނީ ވިދާޅުވި އެވެ. އަދި ރައީސް މިއަދު ވެސް ރައްޔިތުންނަށް ދޭ ޔަގީންކަމަކީ އެ ކަންބޮޑުވުންތަކަށް ހައްލު ގެނައުންކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނަކަމަށާއި އިންޖީނުގެއާއި، ފުލުސް ސްޓޭޝަނާއި ގުޅޭގޮތުން ވާހަކަތައް ދެކެވެމުން ދާތާ އަހަރުތަކެއްވެފައިވާކަމަށެވެ. މިހާތަނަށް އައިއިރު އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ބައެއް މަސައްކަތްތައް އަމަލީ ގޮތުން ކުރިޔަށްދާކަމަށް ހުސްނީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މަނަދޫއަށް ވެސް ބޮޑެތި ވައުދުތައްވެފައިވީ ނަމަވެސް، ހުސްނީ ވިދާޅުވީ އުންމީދަކީ އޭގެ އިތުރަށް ވެސް އެހެނިހެން މައްސަލަތައް ހައްލު ކުރެވިގެން ދިއުންކަމަށެވެ.

ހުސްނީ ވިދާޅުވީ ކޮންމެ މަސައްކަތެއް ގުޅިފައިވަނީ އުމްރާނީ ތަރައްގީއާއި ނޫންކަމަށާއި، ރައީސް މުއިއްޒަކީ ރައްޔިތުންގެ ހެވާއި ލާބައަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ވެރިއެއްކަމަށެވެ. އެގޮތުން ވޭޕް ބޭންކޮށް، ޖެނެރޭޝަން ބޭންއެއް ތަންފީޒު ކުރުމަށް ނިންމި އިރު މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް އަޅަން ކެރުނު ފިޔަވަޅެއް ނޫންކަމަށް ހުސްނީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: