ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ބޮޑެތި ދަތިތައް ދިމާވި، ކުރިޔަށް މިދަނީ ލޯނު ނުނަގައި ފައިސާ ޗާޕު ނުކޮށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއާއި، ޖުމްލަ ތަރައްގީއާއި ގުޅުވައި ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުކޮށް އަތޮޅުތަކަށް ދަތުރު ކުރައްވައި ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ސިޔާސަތުގެ ތެރެއިން، ރައީސް މިވަގުތު ހުންނެވީ ނ. އަތޮޅުގަ އެވެ. މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ރައީސް މުއިއްޒު ތިން ރަކަށް ވަޑައިގަތެވެ.

މިރޭ މަނަދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރަށްރަށުގައި ތަންފީޒު ކުރަން ހުރި ސިޔާސަތުތަކާއި ގުޅޭ ވަރަށް ގިނަ މަސައްކަތްތައް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރިޔަށް ގެންދެވިފައިވާކަމަށެވެ. އަދި ވަރަށް ގިނަ އިގްތިސާދީ ގޮންޖެހުންތައް ދިމާވީ ނަމަވެސް އެކި ސަބަބުތަކާއި ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ހިނގާނެ މަގުފަހިކޮށްދީފައިކަމަށް ރައީސް ވިދާޅުވި އެވެ.

ރަަށުގެ ރައްޔިތުންގެ ފަރާތުން އައި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ނަރުދަމާގެ ނިޒާމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 10 އަހަރުވެފައިވާ މި މައްސަލައަށް ސަރުކާރުން ގެންނާނީ ދާއިމީ ހައްލެއް ކަމަށެވެ. ރަށަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަނަދޫގެ ނަރުދަމާގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށްޓައި ދޮޅު އަހަރު ނަގާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް އެދާ މުއްދަތުގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނަން ޖެހޭތީ އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފެނަކައަށް އިރުޝާދު ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ދޮޅު އަހަރެއް ދުވަސް ވާނެ މި މަސައްކަތަށް.. އެހެންވީމަ މިހާރު މި އޮތް ހާލަތު ވެސް ރަނގަޅު ވާން ޖެހޭ.. ފެނަކައިގެ ފަރާތުން މި މަސައްކަތް އެބަ ތަރުތީބު ކުރައްވާ.. ކޮންމެވެސް ލުއިތަކެއް ލިބޭ ގޮތަށް.. ދާއިމީ ހައްލު ގެނައުމުގެ މަސައްކަތް އަންނަ މަހު ފެށިގެން ދާނެ..

މީގެއިތުރުން ސިއްހީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުން އެކި ދާއިރާތަކުގެ ސްޕެޝަލިސްޓުން ގެނައުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެންޓަލް ހެލްތްއާއި ގުޅުން ހުރި ފަރުވާއާއި، ސްޕީޗް ތެރަޕީގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. އެގޮތުގެ މަތީން އިތުރު މަސައްކަތްތައް ވެސް ކުރިޔަށް ގެންދާނީ، އަތޮޅުތަކުގެ ހެލްތް ސެންޓަރުތަކަށް ބޭނުންވެފައިވާ ވަސީލަތްތައް ގާއިމު ކުރެވޭ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ބަޖެޓުން ކަނޑައެޅިފައިވާ އަދަދުތަކާއި އެއްވަރަށް މި އަހަރު މަޝްރޫއުތައް ހިނގާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގެދޮރުވެރިކަމާއި ގުޅުން ހުރި ހައުސިން ލޯނަށް ވެސް މިހާރު ހުޅުވާލާފައިވާކަމަށާއި، ބޭނުން ވަނީ އެކި ސަބަބުތަކާއި ހުރެ ގެދޮރު އެޅުމުގެ ދަތިތައް ދިމާވެފައިވާ އާއިލާތަކަށް ލުޔެއް ލިބިގެން ދިއުން ކަމަށެވެ.

ތަރައްގީގެ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް ހިދުމަތް ދެމުން ދަނީ ރައީސް ވިދާޅުވި ގޮތުގައި އިތުރު ލޯނުތައް ނުނަގައި ފައިސާ ވެސް ޗާޕު ނުކޮށެވެ. އަދި އިގްތިސާދީ ދަތިތަކެއް ހުރި ނަމަވެސް، ހާލަތު ރަނގަޅު ވަމުން ދާތީއާއި އެކު ކުރިޔަށް އޮތީ ތަރައްގީގެ މުޅިން އާ ދުވަސްތަކެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: