ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏަކީ ގައުމުތައް ”ސަކާކުރަން“ ބޭނުންކުރާ ވަސީލަތެއް: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏަކީ ވަކިއަތަކަށް ނުވަތަ ވަކިގޮތަކަށް ގައުމެއްގެ ކަންކަން ގެންދިއުމަށް ބާރު އަޅާ އެއްޗެއްގެ ގޮތުގައި ފާހަގަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ”ސަންގު“ އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސަތާއި ދިވެހިންނަށް އޭގެން ހުރި ރަނގަޅު ގޮތުގެ މައްޗަށް ބިނާކޮށް ރާއްޖެގައި ބައިނަލްއަގުވާމީގޮތުން ކަމެއް ކުރަން ބޭނުންވާ ހާލަތުގައި އެހެން ގައުމުތަކުގެ ބާރުވެރިކަމައި ނުފޫޒުގެ ސަބަބުން އެކަން ރާއްޖެއަށް ނުކުރެވޭ ކަމަށް ވާނަމަ، ރާއްޖޭގެ މިނިވަންކަން އެވަގުތު އެ އޮތީ ބުރޫ އަރާފައި ކަމަށެވެ. ނަޝީދު ވިދާޅުވީ އެހެން އަމަލ ނުކުރެވޭ އެތައް ސަބަބެއް ހުންނާނެ ކަމަށެވެ.

”އަޅުގަނޑުވެސް ވަރަށް ގިން ފަހަރަށް ދިވެހި ސަރުކާރުގެ ފަރާތުން ތަންތަނަށް ގޮސް ހުއްޓާއި، އަޅުގަނޑުމެން ވަކި އަތަކަށް ވާހަކަ ދެއްކީމާ ބއެއ ބޮޑެތި ގައުމުތަކުން އެބަ ހުރޭ ވަރަށް ނުރުހުމުގައި ތިގޮތަށް ވާހަކަ ދައްކަމުން ނުގެންދާށޭ ބުނެ އިޝާރާތް ކޯށްފައި، ދެން ހަމަ އެ އިޝާރާތާއިއެކީގައި އަންނާނެ އެހީތަކާއި ލޯނުތައް ހުރި ގޮތުގެ ވާހަކަ އާއި“

ރައީސް ނަޝީދު ވިދާޅުވީ ދަރަންޏަކީ ގައުމުތައް ސަކާކުރަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ. މި މަންޒަރު ފެންނަނީ ހަމައެކަނި ދިވެހިރާއްޖެއިން ނޫން ކަމަށާއި، އެތައް ގައުމަކުން މި މަންޒަރު ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދަރަންޏަކީ ވަކިއަތަކަށް ނުވަތަ ވަކިގޮތަކަށް ގައުމެއްގެ ކަންކަން ގެންދިއުމަށް ބާރު އަޅާ އެއްޗެއްގެ ގޮތުގައި ފާހަގަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން ކުރަންޖެހޭ އެއްކަމަކީ ހެޔޮގޮތް އަބަދުވެސް ބުނަމުން ދިޔުމާއި، ހެޔޮ ގޮތުގައި ރައްޔިތުން ތިބުމާއި، ގޯސް ކަންކަން ނުކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއަދު އެންމެންވެސް ދިރިއުޅެނީ ލާމެހިފައިވާ ދުނިޔެއެއްގައި ކަމަށާއި، ދުނިޔޭގައި އުޅެނީ ހަމައެކަނި އެއްބަޔަކު ނޫން ކަމަށާއި، އުޅެންވެސް ޖެހެނީ އެހެންމީހުންނާއިއެކު ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އެއްވެސް ބަޔަކަށް ޖުމްލަކޮށް، ރައްޔިތަކަށް، ގަބީލާއަކަށް، ނަސްލަކަށް އެއްޗިހި ގޮވައިގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބުއްދިވެރިވާން ޖެހެ ކަމަށާއި، މާ ގަދަ ބަޔަކަށްވެސް މޮޅު ވާހަކަތަކެއްވެސް ދައްކަން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: