ރާއްޖޭގެ މިނިވަންކަން، އިސްތިގުލާލު ހިފެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ހިންގަށް ޖެހޭ އެއްކަމަކީ އަން-ސަސްޓައިނަބަލް ދަރަނި ނެތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގަށް ދެއްވި ހާއްސް އިންޓަރވިއުއެއްގައި ނަޝީދު ވިދާޅުވީ އަން-ސަސްޓައިނަބަލް ދަރަނި ނެތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެހެން ނަމަވެސް ދަރަނި އޮތުމަކީ އަދި އެހެން ކަމެއް ކަމަށެވެ. އެހެންނަމަވެސް އެ ދަރަނި އަނބުރާ ދައްކަމުން ރީތިކޮށް ދެވޭނެ މަންޒަރު ނުވަަ ސިފަ ރާއްޖެއަށްވެސް އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށްވެސް ފެންނަން ނެތްނަމަ އެއީ މިނިވަންކަމަށް އަރާ ބުރުލެއް ކަމަށެވެ.
”ޓެރެރިސްޓު އޮގަނައިޒޭޝަންތަކުން އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތަކަށް އަބަދުވެސް ނަޒަރު ހުއްޓިފައި މިހުންނަނީ. އަޅުގަނޑުމެންނަށް މިކަން ފެނުނު 88 ގައި. އައިޕީކޭއެފް އައުމާއި އެކީގައި ތަމަޅައިން އެތައްބަޔެއް ހަތިޔާރު ބެހެއްޓީ. އޭގެތެރޭގައި އެންޓިޓީ އެކިގޮތްގޮތަށް ބައިވެގެން ދިޔައީ. ޕްލޮޓް ޖަމާއަތް އުފެދުނީ. އެހެންވީމާ، ޕްލޮޓް ޖަމާއަތް މަސައްކަތް ކުރީ ދިވެހި ރާއްޖޭގައި އެމީހުންނަށް ތާއިދު ކުރާ ބާވަތުގެ ވެރިކަމެއް އެމީހުން އުފައްދަން“
ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ނަގާލަން އެތައް ބަޔަކު ވެރިކަން ކުރާނެ ކަމަށެވެ. އެހެންކަންކަން ވާ ހާލަތެއްގައި 48 ގަޑިއިރު ވަރު އަމިއްލައަށް ހިފެހެއްޓޭނެ މިލިޓަރީ ބާރުވެރިކަން އެހެން ބައެއްގެ އެހީ ލިބެންދެން އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ނަށީދު ވަނީ ނޮވެމްބަރު 3ގެ ހާދިސާއަށްވެސް އަލިއަޅުއްވާލައްވައިފައެވެ.

