ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފައިންގެ 3 އޮފިސަރަކާއި ފުލުހުންގެ 3 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލުގެ އިތުރުން، ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް 2 ބޭފުޅަކަށް އަރުވާފައިވާއިރު، ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް ވަނީ އަރުވާފައެވެ.

ސިފައިންގެ އޮފިސަރުންނަށް ދެވުނު މެޑަލްތައް

ސިފައިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ލިބިވަޑައިގަތީ ވޮރެންޓް އޮފިސަރ 2 އަބްދުﷲ ސާސަން، ސަރޖަންޓް މޭޖަރ އަޙުމަދު މުޖުތަބާ އަދި ސަރޖަންޓް ފަސްޓް ކްލާސް އަޙުމަދު އަލީއަށެވެ. އަދި ދިގު މުއްދަތުގެ ޚިދުމަތުގެ މެޑަލް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް އާއި ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސެއިން އިބްރާހިމް އަށް ވަނީ އަރުވާފައެވެ.

ފުލުހުންގެ އޮފިސަރުންނަށް ދެވުނު މެޑަލްތައް

ފުލުހުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ލިބިވަޑައިގަތީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް އަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ރަސްމިއްޔާތަކީ ދިވެހި ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: