ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ މަސައްކަތްފުޅަށް ބޮޑުވަޒީރު މޯދީގެ ތައުރީފް!

ރައީސް ނަޝީދު އަދި ބޮޑުވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ ގައުމުގެ ހާރިޖީ ގުޅުން ދެމެހްޓުމަށް ކުރައްވާ މަސައްކަތްފުޅަށް ތައުރީފްކުރައްވައިފިއެވެ.

ރައީސް ނަޝީދާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދެވިކަން ހާމަކުރައްވައި ބޮޑުވަޒީރު މޯދީވަނީ އެކްސްގައި މެސެޖެއް އާންމުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާ އަދި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތުކުރައްވާ ބޭފުޅެއްކަމަށެވެ. މި ބައްދަލުމުގެ ތެރޭގައި އެ ގައުމުގެ ނެއިބަރހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރު ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުމާއި ގުޅޭގޮތުން ރައީސް ނަޝީދާއި މަޝްވަރާކުރެވިފައިވާކަންވެސް ހިއްސާކުރެއްވިއެވެ. ބޯޑުވަޒީރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ގާބިލުކަން އިތުރުކުރުމާއި ތަރައްގީތައް ގެނައުމުގައި އެއްބާރުލުން ފޯރުކޮށްދެމުންދާނެކަމަށެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް މައުލޫމާތު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރަންވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތަކީވެސް ޝަރަފެއްކަމަށެވެ. އަދި މި ފުރުސަތުގައި ރާއްޖޭގެ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފިލްމީ ދާއިރާއި ފަރުތައް ދިރާސާކުރުމުގެ އިތުރުން ސީވީއެފްގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: