ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފްގެ ތައުރީފު ރައީސަށް؛ ވަޒީރުކަމުގައި ކުރަހާލި ތަސްވީރު، އަސްލު މަންޒަރު ގުޅުވާލެއްވީ ފަރިތަކަމާއި އެކު!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އޮތީ ހުސްކަމެއްގެ ތެރޭގައި ހިދުމަތް ދޭނެ ގޮތެއް ޕްލޭން ނުކުރެވިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަހަރުތަކެއްގެ ދިގު އިންތިޒާރަކަށް ފަހު، ވީއައިއޭގެ އާ ޓާމިނަލް ހުޅުވާފައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ. އެގޮތުން ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތާއި އެކު، އޭގެ ވަށައިގެން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.

އެއާޕޯޓުގެ ކްރެޑިޓު ލިބެން ޖެހޭ ސަރުކާރުތަކާއި މެދު ބަހުސްތަކެއް ވެސް ކުރެވުނު އިރު، އެ މަސައްކަތަށް ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ކްރެޑިޓް ހައްގުކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ސީދާ ޓާމިނަލްގެ ނިމިފައި ހުރީ 54 އިންސައްތަ މަސައްކަތްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ ސަމާލުކަމެއް ދީފައި ވަނީ، ޕީކް ސީޒަން ފެށެންވާއިރަށް އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުންކަމަށެވެ.

ކުލަ ގަދަ އެކި ހަރަކާތްތަކާއި އެކު، ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މަސައްކަތް ތާށިވެފައި ވަނިކޮށް ވެރިކަމަށް ވަޑައިގެން ދޮޅު އަހަރުގެ ތެރޭގައި ޓާމިނަލް ނިންމައި ހުޅުވުމުގެ އަމާޒު ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާނު އަސްލު މަންޒަރު ގެންނެވީ ވަޒީރުކަމުގައި ހުންނަވައި ކުރެއްވި މަސައްކަތެއްގެ ތެރެއިންކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އެންމެ ފުރަތަމަ ވެސް ރައީސް މުއިއްޒު ވަޑައިގަތީ އެއާޕޯޓުގެ އާ ޓާމިނަލް މަސައްކަތް ކުރިޔަށްދާ ގޮތް ބެއްލެވުމަށްކަމަށްވުމާއި އެކު އެކަމުން ވެސް އެމަނިކުފާނު މި ޕްރޮޖެކްޓަށް ދެއްވި އަހަމިއްޔަތުކަން އެނގިގެންދާކަމަށެވެ.

މަސައްކަތް ތާރީހަށް ނިންމާލުމަށް ރައީސް މުއިއްޒު ދެއްވަމުން ދިޔަ އިރުޝާދަށް ޝުކުރު އަދާކޮށް، ތައުރީފް ކުރައްވައި ޝަރީފް ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ބޭނުންވީ ޓާމިނަލް އޮޕަރޭޝަނަށް ވީހާވެސް އަވަހަށް ގެނައުމަށް ކަމަށެވެ.

ވަޒީރުކަމުގައި ކުރަހާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ، މާ ފަރިތަކޮށް.. ދިވެހި ސިންގާސަނާގެ ހުންގާނުގައި ހިއްޕަވައި އެންމެ ފުރަތަމަ ވެސް އެ މާލިމީ ވަޑައިގަތީ މި ބަނދަރަށް.. ބައްޕައަކު ދަރިއަކަށްދޭ ފަދަ ނަސޭހަތާއި އިރުޝާދު ދެއްވަމުން.. މި ގައުމުގެ ވަލިއްޔުލްއަމްރު ވިދާޅުވަމުން ގެންދެވި މި ވައިގެ ބަނދަރު ނިމްމަވައި ހިދުމަތަށް ނެރެ ދިވެހި އުފާކޮށްދޭން ތިމަންމަނިކުފާނު ހާދަ ބޭނުންވެޔޭ..

އެއަށް ފަހު ދެން ޝަރީފް ފާހަގަކުރެއްވީ، އޭނާ 2023 ގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް ވަޑައިގެންނެވި އިރު ޓާމިނަލްގެ މަސައްކަތް އޮތް ހިސާބާއި ކަންކަން ގޮސްފައިވާ ގޮތެވެ. އޭރު ގޮސް ހުއްޓެން ޖެހުނީ ހުސްކަމެއްގެ ތެރޭގައިކަމަށް ސިފަކުރައްވައި ޝަރީފް ވިދާޅުވީ ގިމަތަތަކުގެ ފާރުތައް ރޭނި، ފެން ހިޔާކޮށްފައި ހުރި ނަމަވެސް ހިތަކަށް ތަން ހިންގުމަށް ލިބުމުގައި ހުރި ގޮންޖެހުމާއި ހުރަސްތައް ކަމަށެވެ.

އެގޮތުން ކަރަންޓު ދެވޭނެ ގޮތެއް ނެތުމާއި، ކަރަންޓުގެ ވިއުގަ ނެތުން އަދި ނަރުދަމާއާއި ފެން ހިންދާނެ ގޮތެއް ނެތްއިރު ތަން ހިންގުމަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީއެއް ނެތްކަމަށް ޝަރީފް ވިދާޅުވި އެވެ. އެއާއި އެކު އާ ޓާމިނަލްއަށް ބޭނުންވާ 12 މެގަވޮޓްގެ ކަރަންޓުގެ ވިއުގަ އުފެއްދީ ޝަރީފް ވިދާޅުވި ގޮތުގައި މާފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: