އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިއުމުގައި އަޒުމު ކަނޑައަޅައި، ކުރިޔަށް ދާނަމަ ތަރަގީ ހާސިލު ކުރުމުގައި ދިމާވާނެ ގޮންޖެހުމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރައީސް ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިންމަން 10 އަހަރު ދުވަސް ހޭދަވިއިރު، އެ މަސައްކަތް ނިންމާ، އައު ޓާމިނަލު ވުޖޫދަށް ގެނައުމުގެ ފަހަތުގައި ވަނީ ވަރަށް ގިނަ ފަރާތްތަކުގެ މިންނަތް މަސައްކަތްކަމަށެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް އޮތް ސްޕީޑަށް ދޫކޮށްލައި، ހީވާގިކަމާއި އެކު މަސައްކަތް ކުރިޔަށް ނުގެންދެވުނު ނަމަ ޕްރޮޖެކްޓު ނިންމަން އިތުރު މުއްދަތު ނެގީސް ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި، އެންމެން އެކަތިގަނޑަކަށްވެ، އަމިއްލަ މަސްލަހަތުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކުރުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް އަމިއްލަ މަސްލަހަތާއި، ޒާތީ ތައައްސުބާއި، އަދި ހުރިހާ ކަމަކަށްވުރެ ބޮޑަށް ދިވެހި ގައުމު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެންމެން އެކަތިގަނޑަކަށް ވެގެން ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި، އެންމެން އެ އަމާޒެއްގައި ވާހަކަ ދެއްކުމަށް އިލްތިމާސް ކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިގޮތަށް އެންމެން އެއްބައިވެ މަސައްކަތް ކުރުމުންނޫނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު އުފާ ފާގަތިކަމާއެކު ވާސިލުކޮށްނުދެވޭނެ ކަމަށެވެ.
މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި، އެއްބައިވަންތަކަމާއި އެއްބާރުލުން ނެތި، ދިވެހި ގައުމަށް ކުރިއެރުމެއް ހޯދައި ނުދެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ އެއްބައިވަންތަ މަސައްކަތަކުން ގައުމަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެކުވެރިކަމާއެކު މަސައްކަތް ކުރުމުން، ބިނާ ތަކާއި އަދި މާނަވީ ގޮތުން ވެސް ގައުމު ތަރައްގީވެގެންދާނެ ކަމަށެވެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީވެ، ވަށާ ޖެހޭ ތަރައްގީ ދާދި ފަސޭހައިން ހާސިލްވާނެ ކަމަށާއި، ސިކުނޑީގެ ތަރައްގީއާއި އުމްރާނީ ތަރައްގީ އެކުއެކީ ހާސިލްވެގެންދާނެ ކަމަށެވެ. މިފަދަ އަމާޒުތަކެއް ހާސިލްކުރުމަށްޓަކައި ގައުމީ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، 2025 ޖުލައި 26 ވަނަ ދުވަހުގައި ހުޅުވިގެންދާ އައު ފަސިންޖަރު ޓާމިނަލަކީ، ވަރަށް މުހިންމު ބަންދަރެއްކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހުގައި، އައު ޓާމިނަލު ހުޅުވުމަށް އެމަނިކުފާނު ނިންމެވީ، ވަރަށް ހާއްސަ ސަބަބަށްޓަކައެވެ. އެގޮތުން، އެއާޕޯޓު، ރައްޖޭގެ މިނިވަން ދުވަހުގައި ހުޅުވުމަށް ނިންމެވި ސަބަބަކީ، ދިވެހީންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އިގްތިސާދީ މިނިވަންކަމަކީ، ވަރަށް ހާއްސަ ކަމަށްވާތީކަމަށާއި، ރާއްޖޭގައި އިގްތިސާދީ މިނިވަންކަމެއް އޮތުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލު އެއާޕޯޓަކީ ވަރަށް މުހިއްމު ތަނބެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ވެލާނާ އިންޓަނޭޝަނަލު އެއާޕޯޓުގެ އެންމެ މުހިއްމު އެއް ބިނާއަކީ، އެ އެއާޕޯޓުގެ ޓާމިނަލު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް، ރާއްޖޭގެ މިނިވަން ދުވަހަށް ނިންމާ، އެއާޕޯޓުގެ ހުޅުވުމުގެ މަސައްކަތް ނިންމުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝުކުރު އަދާކުރައްވާކަމަށެ ވެ.
ރައީސް ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލާއިއެކު ލިބިގެންދާނެ އުފަލާއި ފާގަތިކަމާއި އަދި ހިތްހަމަޖެހުން މާތް ﷲ ގެ އިރާދަފުޅުން ލިބިގެންދާނެކަމަށެވެ. އަދި، ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް، ހާއްސަކޮށް ޓޫރިޒަމް ދާއިރާއާއި ޖުމްލަކޮށް، ރާއްޖޭގެ މުޅި އިގްތިސާދު ކުރިއެރުވުމުގައި އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވިގެންދިޔުން ވެގެންދާނީ ވަރަށް މުހިއްމު މަސައްކަތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

