ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ އައު ޓާމިނަލު ރަސްމީކޮށް ހުޅުވައިފި!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭގެ) އައު ޓާމިނަލު ރަސްމީކޮށް ހުޅުވައިފިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއިއެކުގަ، ވޭލާނާ އިންޓާނޭޗަނަލް އެއާޕޯޓުގެ އައު ޓާމިނަލު ރަސްމީކޮށް ހުޅުވުމަށްޓަކައި ރަސްމިއްޔާތެއް ބޭއްވުނެއެވެ. އެގޮތުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިންމަން 10 އަހަރު ދުވަސް ހޭދަވިއިރު، އެ މަސައްކަތް ނިންމާ، އައު ޓާމިނަލު ވުޖޫދަށް ގެނައުމުގެ ފަހަތުގައި ވަނީ ވަރަށް ގިނަ ފަރާތްތަކުގެ މިންނަތް މަސައްކަތްކަމަށެވެ.އަދި އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް އޮތް ސްޕީޑަށް ދޫކޮށްލައި، ހީވާގިކަމާއި އެކު މަސައްކަތް ކުރިޔަށް ނުގެންދެވުނު ނަމަ ޕްރޮޖެކްޓު ނިންމަން އިތުރު މުއްދަތު ނެގީސް ކަމަށެވެ.

ހަމައެއާއިއެކު، މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޝަރީފު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައީސް ވަނީ މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ ސަމާލުކަމެއް ދީފައި ވަނީ، ޕީކް ސީޒަން ފެށެންވާއިރަށް އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުންކަމަށެވެ. އަދި،  މަސައްކަތް ތާށިވެފައި ވަނިކޮށް ވެރިކަމަށް ވަޑައިގެން ދޮޅު އަހަރުގެ ތެރޭގައި ޓާމިނަލް ނިންމައި ހުޅުވުމުގެ އަމާޒު ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާނު އަސްލު މަންޒަރު ގެންނެވީ ވަޒީރުކަމުގައި ހުންނަވައި ކުރެއްވި މަސައްކަތެއްގެ ތެރެއިންކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލު އެއާޕޯޓުގެ އައު ޓާމިނަލު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި، އައު ޓާމިނަލު ބައްލަވާލެއްވުމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިއެވެ.

މީގެއިތުރުން، އައު ޓާމިނަލު ހުޅުވުން ފާހަގަކުރުމުގެ ގޮތުން، މާލެ ސަރަހައްދު ވަށާ 16 ސަރަހައްދު އަދި އެއާޕޯޓު ވަށާ 3 ސަރަހައްދުން ހަވާއެރުވިއިރު، ޑްރޯން ޝޯއެއްވެސް ކުރިއަށް ގެންދިޔައެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: