ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ. އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތަށް، ރައްޔިތުން އަހުލުވެރިކުރުވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް: އެމްޓީސީސީ

އާރްޓީއެލް ފެރީ ހިދުމަތުގައި ބޭނުންކުރާ ބޯޓުފަހަރު/ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އަތޮޅުގެ އާރްޓީއެލް ފެރީގެ ޚިދުމަތަށް، އެ އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުވަނީ، އާރްޓީއެލް ފެރީގެ ރޫޓުތަކާ ގުޅޭގޮތުން، އެ އަތޮޅުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް ހުސައިން ވިދާޅުވި ގޮތުގައި، 28 ޖުލައި ވަނަ ދުވަހު އާރްޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފެށިގެންދިޔައިރު، އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ތިން ރޫޓެއް މެދުވެރިކޮށެވެ. އެއީ، ކެންދޫއިން އޭދަފުއްޓަށް، ގޮއިދޫއިން އޭދަފުއްޓަށް އަދި އޭދަފުށިން ދަރަވަންދޫ އެއަރޕޯޓަށެވެ.

ފާރިޝް ވިދާޅުވި ގޮތުގައި، މި ތިން ރޫޓަށް ދަތުރުކުރުމަށް ދެ ލޯންޗެއް ބޭނުންކުރެއެވެ. އަދި އަތޮޅުގެ އުތުރާއި ދެކުނުގެ ރަށްތަކުން އޭދަފުއްޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިވެއެވެ. ”ހެނދުނު 8:30 އިން ފެށިގެން ރަށްރަށުން ފުރާ ފަރާތްތަކަށް، އޭދަފުއްޓަށް ބޭލުމަށްފަހު، އަނބުރާ އެމީހުންގެ ރަށްތަކަށް ދިއުމުގެ އިންތިޒާމު މެންދުރުފަހު ހަމަޖެހިފައިވޭ،“ ފާރިޝް ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅަށް ފެށިގެން ދިޔައީ، ރައްޔިތުން އެ ޚިދުމަތަށް އަހުލުވެރިކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައިގެންނެވެ. އެގޮތުން، ޖުލައި 28 އިން އޮގަސްޓު 3 އަށް، ރަށްރަށުގެ ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް، ޓިކެޓް ރިޒާވް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ފާރިޝް އިތުރަށް ވިދާޅުވި ގޮތުގައި، މިވަގުތު ބ. އަތޮޅުގެ ރޫޓުތައް އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި އެ އަތޮޅުގެ ކައުންސިލުތަކާ މަޝްވަރާކޮށްގެންނެވެ. ނަމަވެސް، ރައްޔިތުންގެ ޚިޔާލުތަކާ އެއްގޮތަށް ރޫޓުތަކަށް ބަދަލު ގެނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: