ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ހަރަކާތްތަކަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ ސަރުކާރުގެ މައްސަލައެއް ނޫން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ހަރަކާތްތަކަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ ސަރުކާރުގެ މައްސަލައެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވާދަވެރި ސިޔާސީ ޕާޓީގެ ހަރަކާތް ހިންގުމަށް ތައްމިނަށް ފުރުސަތު ފަހިކޮށްދެއްވަމުންކަމަށެވެ. ބުނި ތާކުން، ބުނި ވަގުތަކު އެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު ފާހަގަކުރެއްވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ހިނގާލުމެވެ. އެގޮތުން ޝުޖާއު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ނެތެމުންދަނީ، އެޕާޓީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމަށް ގައްދާރުވެ، ރައްޔިތުންގެ ބައިތުލްމާލުގައި އެއްކޮށްފައިވާ ފައިސާކޮޅަށް އަތްބާނާ، އެ ފައިސާކޮޅު ގާތް މީހުންނަށް ބަހާ ހުސްކުރާތީއެވެ. އެމްޑީޕީއަށް ވެރިކަން ލިބުމަށްފަހު ދެން ގައުމު ހަމައަކަށް އަޅުވަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވީއިރު، އެމްޑީޕީއިން ދާދި ފަހުން ވަނީ ސެންޓްރަލް ޕާކް އެ ޕާޓީގެ ހިނގާލުމަށް ދޫކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަރަކާތާއި ގުޅިގެން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މާލޭގައި އެމްޑީޕީގެ ’ރަން ރީނދޫ‘ ދުވުން ގެންދަން އެ ޕާޓީން ނިންމީ ސުލްހަވެރިކަމާއެކު ހުޅުމާލޭގައި މި ޙަރަކާތް ބާއްވަން ސަރުކާރުން ފުރުސަތު ނުދިނުމުންކަމަށެވެ.

އެމްޑީޕީން ފުރަތަމަ އެދުނީ ހުޅުމާލެ ސެންޓްރަލް ޕާކް ވަށައިގެންވާ ސަރަހައްދުގައި މި ޙަރަކާތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ސަރަހައްދު ސިޔާސީ ހަރަކާތްތަކަށް ދޫކުރެވެން ނެތް ކަމަށް އެޗްޑީސީން އެ ޕާޓީއަށް އަންގިއެވެ.

އެ ސަރަޙައްދު ސިޔާސީ ޙަރަކާތަށް ދޫކުރެވެން ނެތްކަމަށް ނިންމުމުން އެކަމަށް އެމްޑީޕީއިން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން އެ ތަނަކީ ދައުލަތުގެ ހަރަދުގައި އާންމު ބޭނުންތަކަށް ތަރައްގީކޮށްފައިވާ އާންމު ވަސީލަތެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ، އެތަނުގެ ބޭނުންހިފުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ވެސް އޮންނަންވާނެކަމަށެވެ.

ނަމަވެސް އެންމެ ފަހުން އެމްޑީޕީއިން މި ހަރަކާތް ބޭއްވީ ހުޅުމާލޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: