ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުތައް ހުސްވިއިރު ފައިސާއިން ކުރެވުނު ކަމެއް ނެތް: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުތައް ހުސްވިއިރު އެ ފައިސާއިން ކުރެވުނު މަސައްކަތްތަކެއް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރާއްޖޭގައި ބައެއް މުދަލުގެ އަގު އުފުލިފައިވާކަމުގެ މައްސަލައަށް އަލިއަޅުއްވައި މެމްބަރު ނާޒިލް ވިދާޅުވީ، ހުރި އަގުތަކުގައި މުދާ ގަތުމަށްޓަކައި ބޭނުންވާ ފައިސާ ޖީބުގައި ނެތީ ސަރުކާރު އައުމާއިއެކު ޖީބުތައް ހުސްވެފައިވުމުންކަމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެ އަހަރުގެ ބަޖެޓުގައި ފައިސާތަކެއް ބާކީހުރިކަމަށާއި ނަމަވެސް އެ އަހަރު 6 ބިލިއަނަށްވުރެ ބޮޑު އަދަދެއް ބަޖެޓަށް އިތުރުކޮށްދިންކަމަށެވެ.

އެހެންކަމުން އެ އަހަރުގެ ތެރޭގައި ބާކީ އޮތް މަދު ދުވަސްތަކަށްވެސް 12.8 ބިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް މި ސަރުކާރަށް ބޭނުންކުރަން ލިބުނުކަމަށާއި އަހަރު ނިމުމުގެ ކުރިން އެ ބަޖެޓު ހުސްކޮށްލިކަމަށެވެ. ނާޒިލް ވިދާލުވީ، އެ ފައިސާ ހުސްކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ ތެރޭގައި ޑްރޯން ގަތުމާއި މުލިޔާގެ ވަށާ ފާރުގައި ކުލަ ލުން ހިމެނޭކަމަށެވެ. މިގޮތުން 16 ދުވަހުގެ ތެރޭގައި ކުލަ ލުމަށްޓަކައި 16 މިލިއަން ރުފިޔާ ހަރަދުކުރިކަމަށާއި ދިރިއުޅުއްވުމުގެ ފަސޭހަތަކަށްވެސް ބައެއް ހަރަދުތައް ކުރިކަމުގެ އަޑު އިވިފައިވާކަމަށެވެ.

ނާޒިލް ވިދާޅުވީ، އެއީ އެ ދުވަސްތަކުގެ ތެރޭގައި ހަރަދުތައް ކުރަމުން އައިސްފައިވާގޮތްކަމަށާއި ވަޒީރުން ދުއްވުމުގެ ގޮތުން 20 ކާރު ގަތުމަށްޓަކައި 140 މިލިއަން ރުފިޔާ ހަރަދުކުރިކަމަށެވެ. އެހެންކަމުން ކާރެއް ގަނެފައިވަނީ 7 މިލިއަން ރުފިޔާއަށާްކަމަށާއި ނަމަވެސް އެމްޑީޕީގެ ދައުރުގެ ފަސް އަހަރު ދުވަސް ނިމުނުއިރުވެސް ވަޒީރުން ބޭނުންކުރަމުންއައީ އޭގެ ކުރީ ދައުރުގައި ބޭނުންކުރި ކާރުތައްކަމަށެވެ.

މެމްބަރު ވިދާޅުވީ، އެ ދުވަސްވަރު ކާރުތަކެއް ނުގެނެސް މަޑުކުރީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށްޓަކައި ހުރި ފައިސާ މަދުވުމުންކަމަށެވެ. 2024 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުގެ އަތަށް ބޮޑު ބަޖެޓެއް ހަވާލުކުރިކަމަށް އިޝާރާތްކުރައްވާ މެމްބަރު ވިދާޅުވީ، އެ ފައިސާ ހުސްވިއިރު ކުރެވުނު ކަމެއް ފެންނަން ނެތްކަމަށެވެ.

ކުޑަ ރަށެއް ބޮޑުރަށެއް އިސްތިސްނާ ނުކޮށް ބަލާއިރު ކުރެވުނު އެއްވެސް މަސައްކަތްތަކެއް ނެތްކަމަށެވެ. ރައްޔިތުންގެ ޖީބު ހުސްކޮށްލާފައިވާކަމަށާް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު އަނެއްކާވެސް ބަޖެޓެއް ހަވާލުކުރިއިރު އަހަރު ނިމެން ގާތްވަމުންދާކަމަށާއި ނިމޭއިރު 135 ބިލިއަން ރުފިޔާއިން ރައްޔިތުން ދަރާނެކަމަށް ނާޒިލް ވިދާޅުވިއެވެ. 2 އަހަރު ނިމިގެންދާއިރު 135 ބިލިއަނުން ރައްޔިތުން ދަރަނީ މިހާރު ހުންނެވި ރައީސްގެ ނާގާބިލުކަމުގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: