ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް މިހާތަނަށް ލައިސަންސް ދޫކުރީ 209 ފަރާތަކަށް

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް މިހާތަނަށް 209 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވިގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޢާއްމު ޤަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް އެދި 17 އެޕްރީލާ ހަމައަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 652 އެޕްލިކޭޝަން ވަނީ ވެރިފައިކޮށް ނިމިފައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި، ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޓޮބޭކޯ ވެންޑަރ ލައިސަންސަށް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި، ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަނަށް ހުށަހެޅި 15 އެޕްލިކޭޝަން، އަދި ޓޮބޭކޯ އިމްޕޯޓް ލައިސަންސަށް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސަށް އެދި އެންމެ އެޕްލިކޭޝަނެއް ވަނީ ވެރިފައިކޮށްފައެވެ.

ނަމަވެސް، ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން 243 އެޕްލިކޭޝަން ވަނީ ކެންސަލްކޮށްފައެވެ. އަދި އިޞްލާޙުކުރަންޖެހޭ ބައެއް ކަންކަން ހުރުމުގެ ސަބަބުން 177 އެޕްލިކޭޝަން މިވަގުތު ވަނީ ހުއްދަ ނުދީ ހިފަހައްޓާފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ލައިސަންސް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ 15 އިން ފެށިގެންނެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ 18 އިން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ އިޢުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: