ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް މަޝްވަރާ ކުރަނީ

މިފްކޯއަށް މަސް ކިރުވަނީ- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، ލަންކާގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް ވިސްނަމުންދާކަމަށް ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ ލަންކާގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަފީރު ވިދާޅުވީ، ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށާއި، މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށެވެ.

މީގެ އިތުރުން، 23 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އަދި ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅޭ ލަންކާގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވިއްޖެނަމަ ދެ ގައުމުގެ ވިޔަފާރިއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރު ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދިވެހީންގެ ގާތުން ދަސްކުރަން ލަންކާގެ މަސްވެރިން ބޭނުންވާތީ އެ ހުށަހެޅުން ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ސިންދަފާތުވެ، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބިގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: