ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

"ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިނުން. / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ.

މިއީ ހއ. މަނަފަރު ރިސޯޓުން ދަތުރުކުރި ބޯޓެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ފަރަށް އެރީ ”ގުރުވަ 1“ ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންންކަމަށް ބުންޏެވެ. ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 23:30 ހާއިރެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓުން އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަކްރާފްޓްއަށް ނެގި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ..

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: