ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާގެ މައްސަލަތަކުގައި އިންސާފު ނުލިބޭނަމަ ރިޕޯޓުކުރުން މަދުވާނެ: އާޒިމާ

އާއިޝަތު އާޒިމާ ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމަށްވާނަމަ އެފަދަ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ދަށްވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ސިޔާސާތު“ ޕްރޮގްރާމްގައި ޖިސްމާނީ އަނިޔާތަކާއި ޖިންސީ އަނިޔާކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އެފަދަ ކަންކަމުގައި އިންސާފު ނުލިބޭކަން އެނގޭނަމަ، އެ ކުށްކުރާ މީހުން ކުށްކުރާލެއް ވެސް ގިނަ ވާނެ ކަމަށެވެ. އާޒިމާ ވިދާޅުވީ ތަފާސް ހިސާބާއި، ކުށުގެ ބާވަތާއި އަދި ޓްރެންޑަށްވެސް ބަލާއިރު ކުށްކުރުން އިތުރުވަމުން އަންނަ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އާޒިމާ ވިދާޅުވީ ގާނޫނު ހެދުމާއި ގާނޫނު ތަންފީޒު ކުރުމަކީ ވަރަށް ތަފާތުކަމެއް ދެކަމެއް ކަމަށެވެ. އެގޮތުން ވަރަށް ގިނަ ދާއިރާތަކުން، އަދި އެކި ދިމާލުން ގާނޫނުތައް ހަދާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި، އަންހެންގެ ރައްކާތެރިކަމަކީ ވެސް ގާނޫނު އެންމެ ގިނައިން ހުރި ދާއިރާކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

”މުވައްސަސާތަކަށް ބެލިޔަސް، މުވައްސަސާއާއި ހަރަދާވެސް އެންމެ ބޮޑު ދާއިރާއަށް މިހާރު ވާނެ. އެފްޕީއޭ އެބަހުރި. ފުލުހުންގެ މުވައްސަސާތައް ތެރޭގައި ހަމަ ވަކިން އެފްސީޕީޑީ އެބަހުރި. ޗިލްރެން އޮމްބަޑްސްޕާސަންސް އޮފިސް އެބަހުރި. ޖެންޑަރ މިނިސްޓްރީ، މިހެން ގޮއްސަ ހިއުމަން ރައިޓްސް ކޮމިޝަން. މި ދެންނެވީ ރައްކާތެރިކަމުގެ މެންޑޭޓް ހުރި މުވައްސަސާ އެންމެ ގިނަ ވާނީ މި ދާއިރާގައި. އެހެންކަމަށް ވަންޏާ ހަރަދުވެސް އެންމެ ގިނަ ވާނީ މިދާއިރާއަށް ދެއްތޯ“

އާޒިމާ ވިދާޅުވީ ގާނޫނީ އޮނިގަނޑެއް އެބައޮތް ކަމަށާއި، އަދި އިންސާނީ ވަސީލަތް ނެތީކީ ނޫން ކަމަށެވެ. އެހެންނަމަވެސް ”ސްޕެޝަލް ވިކްޓިމްސް“ އަށް ކޭޓަރ ކުރުމަކީ ވަރަށް ތަފާތު ކަމެއްކަމަށް ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ އަނިޔާ ލިބިގެން ފުލުހުންގެ މުވައްސަސާއަސް ރިޕޯޓުކޮށްފި ކަމަށްވާނަމަ އެއަށް އަންނަން ޖެހޭ ތަފާތު ސަމާލުކަމެއް ހުންނާނެ ކަމަށެވެ.

އެންމެ ފުރަތަމަ އެ ކުއްޖާ ނުވަތަ އެ ”ވިކްޓިމް“ ހުރީ ރައްކާތެރި މައުހައުލެއްގައި ތޯ ސުވާލު އުފައްދަން ޖެހޭނެ ކަމަށާއި އެންމެ މުހިންމީ އޭނާ ގެ ރައްކާތެރިކަން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ހެކި ނެގުމާއި ކަންކަން އަންނާނީ އެއަށްފަހުގައި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މުވައްސަސާތަކެއް ހުރި ނަމަވެސް ނަތީޖާތަކުން ފެންނަނީ އެތަންތަން މަސައްކަތް ނުކުރާ މިންވަރު ކަމަށެވެ. އާޒިމާ ވިދާޅުވީ މިފަދަ ދާއިރާތަކުގެ ކަންކަން އިސްލާހު ނުވަނީ ގާނޫނު ނެތިގެންނޭ ބުނެވެން ވަރަށް ދަތި ކަމަށެވެ. އަދި ގާނޫނު ނެތިގެން ކަންކަން އިސްލާހު ނުވެޔޭ ބުނާއިރު، ދުނިޔޭގެ އެއްވެސް ތަނެއްގައި އެންމެ ފުރިހަމަ ގާނޫނެއް ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: