ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް

ނޯތު ހާބަރުގައި އޮތް ބޯޓުތަކަކަށް މުދާ އަރުވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ނޯތު ހާބަރ އިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާނެކަމަށް އެ ކުންފުނީގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ މާލޭ ނޯތު ހާބަރު ސަރަހައްދު ބަނދަރާއި އިންވެގެން އޮތް ސަރަހައްދުން ފެށިގެން، ލޯކަލް މަސްމާރުކެޓާ ހަމައަށް ވަނީ ބޮޑުކޮށްފަ އެވެ. އެއާއި އެކު ފީތަކާއި ގުޅޭގޮތުން މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވެމުން ދާތީ، ރިޝްވާން ވިދާޅުވީ އެމްޕީއެލްއިން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ.

ރިޝްވާން ވިދާޅުވި ގޮތުގައި އެ ސަރަހައްދު ތަރުތީބުކޮށް، މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވިދާޅުވީ އެމްޕީއެލްގެ ނޯތް ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެހެން ފީއެއް ނެގުމަށް ކުންފުނިން ނިންމާފައި ނުވާކަމަށެވެ.

ރިޝްވާން ވިދާޅުވި ގޮތުގައި އެ ސަރަހައްދު ތަރީބުކޮށް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މަސައްކަތް ނިންމާލެވުމާއި އެކު، އިތުރު ފަސޭހަތަކެއް ވެގެންދާނެ އެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުން މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ވިދާޅުވި އެވެ.

މި ބަދަލުތަކާއެކު ނޯތު ހަބާރުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، ތަން ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރެވޭނެކަން ވެސް ރިޝްވާން ފާހަގަކުރެއްވި އެވެ.

މިކަމާއި ގުޅޭގޮތުން އެމްޕީއެލް ބުނީ، ނޯތު ހާބަރަށް އިތުރު ކުރެވުނު ބައިގައި، މަސް ދޯނި ފަހަރަށް ޚާއްސަކޮށް ”އީ ޒޯން“ އަދި ”އެފް ޒޯން“ ކަނޑައަޅާފައިވާ ކަމަށާއި، މި ސަރަހައްދުތަކަކީ މިހާރު ވެސް މަސް ދޯނި ފަހަރު ބޭނުންކުރަމުންދާ ސަރަހައްދުތައް ކަމަށެވެ.

އެގޮތުން މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ، މަސް ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މި ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުން ހިދުމަތް ދެމުން ގެންދާނީ ކިއު ތަރުތީބުން ކަމަށެވެ.

މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގަމުން ގެންދާނެކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އެގޮތުން، ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން އަބަދުވެސް ފީއެއް ނަގައެވެ. އެއީ މާލޭ އެއްގަމުތޮށިން ބޯޓުގެ ފުޅާމިނަށް ގަޑިއަކު މީޓަރަކަށް 50 ލާރި އަދި ބޭރުތޮށިންނާއި ހުރަސްތޮށިން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާ އުސޫލެވެ. މީގެ އިތުރަށް، ”އޭ ޒޯން“ އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި އަދި ”ބީ ޒޯން“ އަދި ”ސީ ޒޯން“ އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: