ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮފިޝަލް އިވެންޓްސް“ އަށް ކުރާ ތުހުމަތަކީ ދޮގެއް، މައްސަލައެއް ބަލާވަރުގެ ކަމެއް ވެސް ނޯންނާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިވެންޓްސް އޯގަނައިޒިން ކުންފުނި ”އޮފިޝަލް އިވެންޓްސް“ އަށް ގާނޫނާ ހިލާފަށް ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގިކަމަށް ކުރާ ތުހުމަތުތައް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދޮގުކުރައްވައިފިއެވެ.

ހިޔާނާތަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ޝުޖާއު ވިދާޅުވެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމަކާ ގުޅިގެންނެވެ. ޝުޖާއު ވިދާޅުވީ މިއީ އޭނާގެ ސިޔާސީ މަސައްކަތްތައް ހުއްޓުވުމަށް ބަޔަކު ފަތުރާ، ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ.

ތުހުމަތުތަކަށް ރައްދުދެއްވަމުން ޝުޖާޢު ވިދާޅުވީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ވާހަކަތަކުގެ އެއްވެސް އަސްލެއް ނުވަތަ ސައްހަކަމެއް އެނގިފައިނުވާކަމަށެވެ. އަދި މިފަދަ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ކުރިއަށްދާކަމަށް ނުވަތަ ފާހަގަކުރެވިފައިވާކަމަށް އެއްވެސް ރަސްމީ އިދާރާއަކުން އަންގާފައިނުވާކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑާއި އަދި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ.ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ޞައްޚަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ޙިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްޞަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ.“ ޝުޖާއު ލިޔުއްވާފައިވާ ޕޯސްޓުގައި ވެއެވެ.

ޝުޖާއު ވިދާޅުވީ، މިއީ އޭނާގެ މަސައްކަތާ ގުޅުވައި ގަސްދުގައި ރައްޔިތުންނަށް އޮޅުވާލައި، އޭނާ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ފަތުރާ ވާހަކަތަކެއްކަމަށް ދެކޭކަމަށެވެ. ޝުޖާއު ވިދާޅުވިގޮތުގައި ”އޮފިޝަލް އިވެންޓްސް“ އަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މިހާތަނަށް އެ ކުންފުނިން ކަމިޔާބުކަމާއި އެކު އެތައް އިވެންޓެއް ކުރިޔަށް ގެންގޮސްފައި ވަނީ، އިތުބާރާއި ޔަގީންކަމާއި އެކުކަމަށް ވިދާޅުވި އެވެ.

ކުރީ ދެ ސަރުކާރުގައި ވެސް ކުންފުނި މަސައްކަތް ކުރަމުން އައިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް ރަނގަޅު މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދަނީ، ޕްރޮޖެކްޓުގެ ބިޑު ކާމިޔާބުކޮށް ގަވައިދާއި އުސޫލުގެ ތެރެއިންކަމަށް ވިދާޅުވި އެވެ. އެ ކުންފުނީގެ ހުރިހާ ކާމިޔާބީއެއް ގުޅިފައި ވަނީ ޝުޖާއު ވިދާޅުވި ގޮތުގައި ތަޖުރިބާއާއ، މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުންނެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައި ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާއެކު ވިޔަފާރިކުރުމަށް ލިބިދޭ ހައްގުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދެވުމަކީ އޭނާގެ އުންމީދުކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: