ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން: ދިވެހިރާއްޖޭގެ މުސްތަޤުބަލަށް އެޅޭ ވަރުގަދަ ބިންގަލެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މުސްތަޤުބަލް އާ ދިމާއަކަށް އަމާޒުކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅުގެ ގޮތުގައި ފާހަގަކުރެވޭ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފެށިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މުހިންމު މަސައްކަތް ވަނީ ދިވެހި ކޮންސަލްޓެންސީ ފާމެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.

މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކަށް ބިނާކޮށް، ޤައުމުގެ އިޤްތިޞާދީ، އިޖުތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ދާއިރާތަކުގެ ބޭނުންތަކަށް އަމާޒުކޮށް، ދުރުރާސްތާގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭނަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި އިންވެސްޓްމަންޓްތައް އަދި ޤައުމީ ތަރައްޤީގެ ރޭވުންތަކަށް މަގުދައްކައިދޭނެ އިސްތިރާޖީ އޮނިގަނޑަކަށް ވެގެންދާނެއެވެ.

މަޝްވަރާގެ މަރުޙަލާ

ޕްލޭން އެކުލަވާލުމުގައި ޚާއްޞަ ސަމާލުކަމެއް ދެވިގެންދާނެ އެއް ކަމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. މިގޮތުން މުޅި ރާއްޖެ ހިމެނޭގޮތަށް މަޝްވަރާކުރުމުގެ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްވަރާތަކުގައި ރަށްރަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ޚިޔާލާއި ލަފާ ހޯދުމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.

މި ޕްލޭންގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި ސިޔާސަތުތައް އިޞްލާޙުކުރުމާއި، ޤައުމީ ފެންވަރުގެ ނިންމުންތަކަށް މަގުދައްކައިދޭނެ ދިގު މުއްދަތުގެ އިސްތިރާޖީތައް ހިމެނޭނެއެވެ.

ނެކްސިއާ މޯލްޑިވްސްގެ ދައުރު

ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ނެކްސިއާ މޯލްޑިވްސްއަކީ 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މަސައްކަތުގެ ތާވަލު

ނެކްސިއާ މޯލްޑިވްސްއިން ވަނީ ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ ބައްދަލުވުންތައް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައެވެ. އަދި މުޅި ޕްލޭން އެކުލަވާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރެއަށް ނިންމުމަށް ވަނީ ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލް ބައްޓަންކުރުމުގައި އެޅޭ އެންމެ މުހިންމު އެއް ބިންގަލެވެ. މި ޕްލޭންގެ ސަބަބުން ރާއްޖޭގެ ތަރައްޤީ ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: