ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުން ނުލިބުމުގެ ކާރިސާއަކީ ސިޔާސީ ގޭސް އެނބުރުމަށްވުރެ ހައްސާސް މައްސަލައެއް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ދިމާވެފައިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއްކަމަށާއި، މިއީ ސިޔާސީ ގޭސް އެނބުރުމަށްވުރެ ހައްސާސީ ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ޝަފީއުގެ ޕޯސްޓްގައިވާ ގޮތުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެކެވެ. ފާއިތުވެ ދިޔަ ތަނުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި، ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށްދީފައިނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރުވެސް ކުޑަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއަކީ 2023 ވަނަ އަހަރު ނިމުނުއިރު އުގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ މުދައްރިސުން ނެތި ބިކަވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 600 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވެއެވެ.

އުގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެދާއިރާއިން 1 އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު، ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސްވެސް ރަނގަޅު ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭންކަމަށް ފާހަގަކުރެއްވިއެވެ. އެއް އަހަރުގެ ޑިޕްލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނެއް އަދި އެތައް ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެކަން ފާހަގަކޮށް މިނިސްޓްރު ވިދާޅުވީ އެއީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންކަމަށެވެ.

2022 ވަނަ އަހަރު އެކުލަވާލި ”މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5 ގެ ޑިޕްލޮމާ (1 އަހަރުގެ) ސެޓްފިކެޓަކަށް“ ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ވަނީ ލިޔެފައިވާކަމަށް ވިދާޅުވިއެވެ. ދެން މި އޮނިގަނޑަށް ފެތޭ ގޮތަށް މުދައްރިސުން ތަމްރީނުކުރުން ގޯސްވާނީ ސީދާ އިނދިކީލި ސިޔާސީ ބަޔަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ މުދައްރިސެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމު ނަމަވެސް، ސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށްފަހުކަމަށް ހެދުމަކީ ރާއްޖޭގެ ހާލަތު ތަންދޭ ކަމެއްނޫންކަމަށެވެ. އަދި މިއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ އެކި ގޮންޖެހުންތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި އަމަލުކުރާ ގޮތް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ވިސްނުމަށް އަމަލުކޮށްގެން ދުވަހަކުވެސް ރާއްޖޭގައި މިހާރު މި އޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެކަމަށް މިނިސްޓަރު ދެކިވަޑައިގަންނަވައެވެ. މުދައްރިސަކަށް ވުމަށްވެސް އެތައް މަގެއް އިޚުތިޔާރު ކުރެވިދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު ޕާތުވޭތައް ތަޢާރަފްކޮށް މުދައްރިސުންނަށް މުޖުތަމަޢުގައި ދެވޭ އިޙްތިރާމާއި ގަދަރު ދޭންޖެހޭކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މުދައްރިސުންދެކެ ލޯބިވާ މުޖުތަމައެއް އުފަންވާންޖެހޭކަމަށާއި، އަދި، ޑިޕްލޮމާ ސެޓުފިކެޓަކާއެކުވެސް މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ދާއިރާއިން ކުރިއަށްދިއުމަށް ބާރުއަޅާ، ސާބަސް ދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ގޭސް އެނބުރުމަށްވުރެ ހައްސާސީ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕޯސްޓާއިއެކު މިނިސްޓަރު ވަނީ އިނގިރޭސި ވިލާތުގައި މުދައްރިސުން ތަމްރީނުކުރާ ތަފާތު ޕާތުވޭ ފެންނަ ގޮތުގެ މިސާލެއް ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: