ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާކަމަށް އެމްޑީޕީގެ ޗެއަރޕަރސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީއަށް 17 އަހަރު ފުރޭއިރު، އެ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ރޫޅާލާފައިވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ގާނޫނުއަސާސީ ލާޒިމުކުރާކަމަކަށްވާއިރު، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ބާރު ކަނޑުވާލުން ކަމަށެވެ.

މީގެ އިތުރުން، ފަނޑިޔާރު ގޭގެ ބާރުވެސް މިއަދު ކަނޑުވާލާފައިވާކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ، މިއަދު ދައުލަތުގެ މާލިއްޔަތު ހިންގުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާވެސް ހިލާފުވެފައިބާ ކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާކަމަށްވެސް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. ފައްޔާޒް ވިދާޅުވާ ގޮތުގައި އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބެވެ.

ފައްޔާޒް ވިދާޅުވީ، މަޖިލީހުން ފާސްކުރި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ މެދުވެސް 156 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: