ހާއްސަ 2 ޕްރޮމޯޝަނެއް މި ވަގުތު ކުރިއަށް ދާ ކަމަށާއި، މި ޕްރޮމޯޝަންގެ ތެރެއިން އައިނުގެ ދުނިގަނޑާއި އަދި ޑިސްކައުންޓް ވައުޗަރ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އައިކެއަރއިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން އައިކެއަރއިން ބުނެފައިވަނީ އެންމެ ޕްރިމިއަމް އަދި އެންމެ ހައި އައިނު ބްރޭންޑްތަކުން ފެށިގެން ގޮސް އެންމެ އެފޮޑަބަލް ނުވަތަ ބަޖެޓު ރޭންޖުގެ އައިނުތައްވެސް ލިބެން ހުރި ކަމަށެވެ. އައިނުގެ ލެންސުތަކަށް ބަލާއިރުވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތައް އައިކެއަރއިން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
ލެންސްގެ އޮޕްޝަންތަކަށް ބަލާއިރު، ދުރު، ކައިރި އަދި ޕްރޮގްރެސިވް ލެންސްތައް ހައްދާލެވޭނެ ކަމަށް އައިކެއަރއިން ވަނީ ބުނެފައެވެ. އައިކެއަރއިން ބުނެފައިވަނީ ގަންނަ ކޮންމެ އައިނަކަށްވެސް 1 އަހަރުގެ ވޮރެންޓީއެއް ލިބޭނެ ކަމަށެވެ. އާފްޓަރ ސޭލްގެ ގޮތުގައި، އައިނު ގަތުމަށްފަހު ދިމާވާ މައްސަލަތައް ހައްލު ކުރުމާއި، އެޖެސްޓު ކުރުމާއި، ނޯޒް ޕެޑް ޖެހުން ފަދަ ކަންކަމަކީ އަބަދުވެސް ލިބެން ހުރި ހިދުމަތްތައް ކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.
”މީގެއިތުރުން އެހެން ފިހާރައަކުން ބައްލަވައިގެންފައިވާ އައިނެއް ނަމަވެސް އާފްޓަރ ސޭލް ސާވިސް އަބަދުވެސް ދެމުން ދަނީ ކަސްޓަމަރުންނަށް“
ލޯ ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ގަޑިއެއްގައިވެސް އައިސް ނަމްބަރު ނަގާލެވޭނެ ކަމަށް އައިކެއަރއިން ވަނީ ބުނެފައެވެ. ވަކި ހާއްސަ ޑޮކްޓަރަކަށް ކޮންސަލްޓު ކުރަން ބޭނުންނަމަ ހޮޓް ލައިން ނަމްބަރ 332106 ގުޅުއްވައިގެން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.
ސްކޫލު ބަންދު ދުވަސް ކޮޅަށް ހާއްސަކޮށްގެން 2 ޕްރޮމޯޝަންއެއް ކުރިއަށް ގެންދާ ކަމަށެވެ. އައިނުގެ ދުނިގަނޑަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ކަމަށާއި އެހެންކަމުން އައިކެއަރގެ 10 އައުޓްލެޓް ތަކުންވެސް މި ޕްރޮމޯޝަންގައި ބައިވެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައިވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކަމަށާއި، އެގޮތުން ޕޯސްޓަކަށް ކީވޯޑެއް ކޮމެންޓުކޮށްލައިގެން ޑިސްކައުންޓު ވައުޗަރއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ. އެ ވައުޗަރ ހާއްސަވެގެން ދާނީ އަވި އައިނާއި ދުނިގަނޑަށް ކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.

