ކާނިވާ ސްޓޭޖްގައި ހަލާކުވެފައިވާ ބައިތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އެ ސަރަހައްދު ވަރަށް ބޮޑަށް ބާވުމާ ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފެށީ މާލޭ ސިޓީ ކައުންސިލުންނެވެ.
ސްޓޭޖުގައި ބާވެފައި ހުރި ބައިތަށް ނެގުމުގެ މަސައްކަތް ފެށީ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައިކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނި ގޮތުގައި، ކާނިވާ ސްޓޭޖްގައި އެންމެ ބޮޑަށް ހަލާކުވެފައިވަނީ ސްޓޭޖެވެ. މިހާރު ކުރަމުންދަނީ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގާ އެތަން ސާފުކުރުމުގެ މަަަސައްކަތްތަކެވެ.
މިހާރު ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލުމަށްފަހު އާ ސްޓޭޖެއް އެޅުމަށްޓަކައި ހަވާލުކުރީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. މިކަމާއި ގުޅޭ މައުލޫމާތު ދެމުން ސިޓީ ކައުންސިލުން އާ ސްޓޭޖެއް ތަރައްގީކުރުމުގެ މަސައްކަތް ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިސްޓޭޖުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިހާރު އެ ސަރަހައްދުގައި ހުރި ސްޓޭޖު ހުރީ މަރާމާތު ކުރަން ޖެހިފައެވެ. ދާދި ފަހުން މާލޭ ރަސް ފަންނު ސަރަހައްދުވެސް ވަނީ އަލުން ތަރައްގީކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
މިހެން ހުރި އެކި ސަރަހައްދުތައް ވީރާނާވާން ދޫކޮށްނުލާ އަލުން ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތަކެވެ.

