ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީން ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފިއެވެ.

މި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ހަދިޔާކުރާ އުޅަނދެކެވެ. މިއީ 45 އަހަރުވީ މަނަވަރެއްކަމަށް މައުލޫމާތު ލިބެއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރީ، މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. މި މަނަވަރުގައި މިސައިލް ފޮނުވުމުގެ ގާބިލްކަން ހުންނާނެއެވެ.

އެ މަނަވަރުގައި މަސައްކަތްކުރާ ދިވެހި ސިފައިން ތަމްރީންކުރަން މިދިއަ އޭޕްރީލް އާއި މޭމަހު ތުރުކީއިން ވަނީ ތަމްރީން ޕްރޮގްރާމެއްވެސް ހިންގައިފައެވެ.

މި މަނަވަރާއި ގުޅޭ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މަނަވަރު ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: