ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް އުމްރާވެރިންނާއިއެކު ފުރައިފި

ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް އުމްރާވެރިން މާލެ އައުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އެއާރލައިންގެ ފްލައިޓަކަށް ދިމާވި މައްސަލަ ހައްލުކޮށް އުމްރާވެރިންނާއިއެކު ފްލައިޓް ފުރައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސައުދީއަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކާ ސައުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.

ޓެކްނިކަލް މައްސަލައިގެ ސަބަބުން ފުރުން ލަސްވި ފްލައިޓްގެ މައްސަލަ ހައްލުކޮށް ސައުދީ ގަޑިން 18:30 ގައި ފުރާފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

މިއަދު އުމްރާވެރިން ގޮވައިގެން އަންނަން 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި އޮތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ކިއު2 6361 އެވެ.

އެއީ މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާ ބޯޓެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ފްލައިޓް ޑިލޭވެގެން ދިޔައިރު ސަބަބެއް އެ އެއާލައިނުން އަދި ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: