ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އަތޮޅުން ގަންނަ މަސް ބޭރުކުރުމަށް މިފްކޯއިން އައު މަޝްރޫޢުތަކެއް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައު ކުރިއެރުންތަކެއް ގެނައުމަށްޓަކައި މިފްކޯއިން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މި ގޮތުން އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދޫ އަތޮޅަށް ގެންދިއުމުގެ ބަދަލުގައި، ސީދާ އައްޑޫއިން މަސް އެކްސްޕޯޓު ކުރުމަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އައްޑޫއިން މަސް ބޭރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށްވެސް ވަނީ ރޭވިފައެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މިފްކޯގެ މަޝްރޫޢުތަކުގެ ތެރޭގައި ގދ. ތިނަދޫގައި ހަދަމުންދާ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވުމަށް ވެސް ވަނީ ރޭވިފައެވެ. މި މަރުކަޒު ހުޅުވުމުން އުތުރާއި ދެކުނުގެ ސަރަހައްދުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ރޭވިފައެވެ.

ކޫއްޑޫ މަސް ފެކްޓަރީގެ ތަރައްޤީ

މި ދުވަސްވަރު މަސްވެރިކަން ދަށްވެފައިވާއިރު، ކޫއްޑޫ މަސް ފެކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވެއެވެ. މީގެ ތެރޭގައި:

  • ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުން
  • ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓްރީ އަޕްގްރޭޑް ކުރުން
  • ފެލިވަރު ކޭނަރީގެ އަވަސް އިމާރާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ފެށުން

ދިވެހި މަހުގެ މުސްތަޤުބަލް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން ބޭރުކުރާ މަސް ދުނިޔޭގެ އެކި ބާޒާރުތަކުގައި ވިއްކެނީ ވަރަށް އަގުބޮޑުކޮށެވެ. ނަމަވެސް، މިހާތަނަށް ރާއްޖެއަށް މަޖުބޫރުވެފައި އޮތީ ރޯ މެޓީރިއަލްގެ ގޮތުގައި މަސް ބޭރުކުރަންކަން ފާހަގަކުރެވެއެވެ.

މިފްކޯއިން މިހާރު ރާވާފައިވާ އައު މަޝްރޫޢުތަކާއެކު، ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ. ޚާއްޞަކޮށް އައްޑޫއިން ސީދާ މަސް އެކްސްޕޯޓު ކުރަން ފެށުމުން، މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، އަދި ޤައުމަށް އިތުރު އާމްދަނީއެއް ލިބިގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: