ފިއްލަދޫގެ މަގުތައް މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
2025 އޮގަސްޓު 10 ވަނަ ދުވަހުގައި، ފިއްލަދޫގެ މަގުތައް މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންދިޔައިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރއޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އަދި، މި މަޝްރޫއުގެ މަސައްކަތާއި ހަވާލުކުރެއްވި ކުންފުނި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނާޒިމްއެވެ.
މި އެއްބަސްވުމުގެ ދަށުން، ފިއްލަދޫގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،
- މަސައްކަތުގެ އަގު: 77،130،423.72
- މުއްދަތު: 730 ދުވަސް
މީގެއިތުރުން ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، ވެސް ދާދިފަހުން ހަވާލުކޮށްފައިވެއެވެ. އެގޮތުން، އެ އެއްބަސްވުމާއިއެކު، ތ އަތޮޅުގެ، ގުރައިދޫ، ކިނބިދޫ، ހިރިލަނދޫއާއި، ހއ އަތޮޅުގެ ތުރުކާނުއާޢި ހދ. އަތޮޅުގެ ނޮޅިވަރަންފަރު، ފިނޭއާއި، ބ. އަތޮޅުގެ ތުޅާދޫ، ކުޑަރިކިލުއާއި، ށ. އަތޮޅުގެ މަރޮށިއާއި، މުލިއާއި ނ. އަތޮޅު މާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ.
މި 2 މަޝްރޫއާއިއެކު، ޖުމްލަ 12 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ. އެގޮތުން، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރެވިގެންދިޔުމަކީ، އެ ރަށްރަށުގެ ރައްޔިތުންނަށް، ރައްކާތެރިކަމާއިއެކު، މަގުމަތީގެ އުޅަނދުތައް ދުއްވާ ހެދުމަށް މަގުފަހިކޮށްދޭނެކަމެކެވެ. މީގެއިތުރުން، އެ ރަށްރަށުގެ ވިޔަފާރިތަކުން، އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިޔުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މީގެ ކުރިން އެ ރަށްރަށުގެ މަގުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މަގުފަހިކޮށްދޭނެއެވެ. އެހެންކަމުން، މިއީ، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

