ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ އެންމެ ވަރުގަދަ އިންޖީނު: އާދަމް ޝަރީފް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ، ސިވިލް ސާވިސް މުވައްޒަފުންކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ލޯކަލް ގަވަމަންޓް މިނިސްޓްރީގައި ފެށި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

ސްޓެލްކޯ އޮޑިޓޯރިއަމްގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ. ލޯކަލް މިނިސްޓްރީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މި ރަސްމިއްޔާތުގެ ބައިތައް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

އާދަމް ޝަރީފް ވަނީ މި ޕްރޮގްރާމް ރާއްވަވައިގެން ހިންގަވާ ކަމަށްޓަކައި ސީއެސްސީގެ ރައީސާއި އެ ކޮމިޝަނުގެ މެންބަރުންނަށާއި އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޝަންގައި މަސައްކަތްކުރައްވާ ޓްރެއިނާސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް މުވައްޒަފުންގެ ހުނަރުތަކާއި ގާބިލިއްޔަތު ތަރައްގީ ކުރުން މުހިންމު ކަމަށެވެ. ކުރީ ޒަމާނުގައި ބައެއް ދާއިރާތަކުގެ މަސައްކަތް ހިނގަމުން ދިޔަ ގޮތުގެ މިސާލެއް ނަންގަވައި މިނިސްޓަރ ވިދާޅުވީ އޮޑިދޯނި ފަހަރު ބަނުމަށްޓަކައި ވަޑިން ހަރުގެއެއް ވަނުމަށް ފަހު، އެ ބޭފުޅުން ބޭނުންކުރައްވާ ފުރޯ، ރޮންދާ، ކީސް ފަދަ ތަކެތި ތޫނުކޮށް ހަދާކަމަށާއި، މަސައްކަތް ހަލުވިކުރުމަށްޓަކައި އަތްދަށު ވަޑިންނަށް ކަންކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ބުނެދެއްވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރެއްގެ އޮފީހެއް ހިންގި ކަމުގައި ވިޔަސް މިކަން ގާތްގަނޑަކަށް ހިނގަނީ ދާދި އެ ގޮތަކަށް ކަމަށެވެ. އެގޮތުން މުވައްޒަފުންނާއި އެކީގައި މަސައްކަތް ކުރާއިރު މަސައްކަތުގެ ދުވެލި ހަލުވިކުރުމަށްޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ހުނަރުތައް އުފެއްދުމާއި ގާބިލިއްޔަތުތައް ތަރައްގީ ކުރުމަކީ މަސައްކަތުގެ މާހައުލުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްެގެ ގޮތުގައި ވިދާޅުވި އެވެ. އަދި މިއީ ހުއްޓުމެއް ނެތި ހިންގަންޖެހޭ ޕްރޮގްރާމްތަކެއްކަމަށް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރެއް ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އާދަމް ޝަރީފް ވަނީ މި ޕްރޮގްރާމް ރާއްވަވައިގެން ހިންގަވާ ކަމަށްޓަކައި ސީއެސްސީގެ ރައީސާއި އެ ކޮމިޝަނުގެ މެންބަރުންނަށާއި އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޝަންގައި މަސައްކަތްކުރައްވާ ޓްރެއިނާސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހަގީގަޔަށް ދަންނަވާކަމަށް ވާނަމަ ސަރުކާރެއް ހިންގުމުގައި އެންމެ ވަރުގަދަ އިންޖީނަކީ އެއީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށް ގަބޫލުކުރަންޖެހޭ..

މިނިސްޓަރ ވިދާޅުވީ ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ބައިވެރިންގެ މަޝްވަރާތަކުގައި މިނިސްޓްރީގައި މިވަގުތު ހުރި މައްސަލަތަކުގެ މައްޗަށް ބިނާކޮށްގެން ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ދުވަހުން ދުވަހަށް ދަސްވާ އެއްޗެއްގެ ބޭނުން ރަނގަޅަށް ހިފައި، ބަދަލު ގެނައުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: