2025 ވަނަ އަހަރުގެ ކުއާޓަރ ގެ ތެރޭގައި، ޖުމްލަ 34،573 ޓަނުގެ ކާގޯ އެތެރެކޮށް، އަދި ބޭރުކުރެވިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ ކާގޯއާއި ގުޅޭ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖުމްލަ 34،573 ޓަނުގެ ކާގޯ އެތެރެކޮށް، އަދި ބޭރުކުރެވިފައިވެއެވެ. އޭގެ ތެރެއިން، 25،262 ޓަނުގެ ކާގޯއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިމްޕޯޓުކުރެވުނު ކާގޯއެވެ. އަދި، 2،432 ޓަނަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް، އެސްކްޕޯޓުކުރެވުނު ކާގޯއެވެ. މިއީ، މިދިޔަ އަހަރުގެ ފުރަތަމަ ދެކޮޅުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިމްޕޯޓު އަދި އެކްސްޕޯޓު ކުރި ކާގޯގެ އަދަދާއި އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، ޓްރާންސް ޝިޕްމެންޓުތަކަށް ބަލާއިރު، ޖުމްލަ 6،879 ޓަނުގެ ކާގޯ ވަނީ ބަދަލުކުރެވިފައެވެ. އޭގެ ތެރެއިން، އެއާ ޓު އެއާ ނުވަތަ އެއް މަތިންދާ ބޯޓުން، އަނެއް މަތިންދާ ބޯޓަށް ބަދަލުކުރާ ކާގޯއަށް ބަލާއިރު، 5،621 ޓަނުގެ ކާގޯވަނީ ބަދަލުކުރެވިފައެވެ. އަދި، ކަނޑުމަގުން ވައިގެ މަގަށް ބަދަލުކުރެވުނު ކާގޯއަށް ބަލާއިރު، 1،258 ޓަނުގެ ކާގޯ ވަނީ ބަދަލުކުރެވިފައެވެ.
މި ކާގޯތައް އުފުލުމުގައި ހަރަކާތްތެރިވި ފްރެއިޓަރު ތަކަށް ބަލާއިރު، 4 އެއާލައިނަކުން ވަނީ ހަރަކާތްތެރިވެފައިކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި، އެފްކޮމް، ފްލައި ވާވު، އެމް ޖެޓް އަދި ގަތަރު ކާގޯ ހިމެނެއެވެ.
މީގެ ކޮންމެ ފްރެއިޓަރަކުން ޖުމްލަ 152 އުދުންހަތައް ވަނީ ކުރިއަށް ގެންގޮސްފަައެވެ. އެގޮތުން، އެފްކޮމްއަށް ބަލާއިރު، 112 އުދުހުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފްލައި ވާވު ވަނީ 18 އުދުހުންތައް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، އެމް ޖެޓްސްއާއި ގަތަރު ކާގޯ، މި ދެ ފްރެއިޓަރުން ވަނީ 2 އުދުހުންތައް ކުރިއަށް ގެންގޮސްފައެވެ.

