ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ބޭންކަށް އެއް ބިލިއަން ރުފިޔާގެ އެޕްލިކޭޝަން!

އެމްޑީޕީ ޔޫތު ކޮންގްރެސް ތެރެއިން: ވަޒީރު ފައްޔާޒު ވިދާޅުވަނީ ޒުވާނުން ބާރުވެރިކުރުވާނެކަމަށް. ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މެދުވެރިކޮށް ލޯނު ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެސްއެމްއީ ބޭންކު އުފެއްދި ފަހުން، އެބޭންކަށް “އޮބިނޯންނަަ ވަރަށް” އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަޖެޓު މަޖިލީހަށް ފޮނުވާއިރު އެސްއެމްއީ ބޭންކުން ލޯން ދޫކުރަން ބަޖެޓް ކުރާވަރު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް ދޫކުރާ ލޯނުގެ ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަކޮށްފައިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ޒުވާން އަންހެނުންނަށް އިސްކަން ދޭނެ ކަމަށެވެ.

އަދި ލޯނު ދޭއިރު ލުއިފަސޭހަ ގޮތްތަކަށް ބައްލަވާ ކަމަށާއި އެސްއެމްއީ ބޭންކުން މިހާތަނަށް ދިން ލޯނުގެ 80 ޕަސެންޓަކީ ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ބޭންކުތަކުން ލޯނު ދޫކުރާއިރު ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އަލަށް ވަޑައިގަންނަވާ ގަވަރުނަރު މަސައްކަތް ކޮށްދެއްވަން ޖެހޭކަމަށެވެ.

އެސްއެމްއީ ލޯނަށް ދައުލަތުގެ ބަޖެޓުންދޭ އަދަދު އަދިވެސް އެތައް ގުނައެއް އިތުރުކުރުމަށް ރިކުއެސްޓު ކުރާނަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވިޔަފާރިތަކާއި ޒުވާނުންގެ ގިނަ ކަންތަކަށް އޮތް ވަރަށްބޮޑު ހައްލަކަށްވާނެ ރަނގަޅަށް އެކަން ކުރެވިއްޖެނަމަ

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލޯނު ދިނުމަށްފަހު، ލޯނުގެ ރިޕޭމެންޓުގެ ކަންތައް ވަރަށް ކައިރިން ބަލާ ކަމަށާއި، ލޯނު ދެއްކުން ލަސްވާނަމަ، އެއީ ކިހިނެއްވާކަމެއްތޯ ބަލާ، ވިޔަފާރީގެ ދައްޗެއް އޮތްނަމަ އެހީތެރިވާނެ ގޮތްތައް ބަލާ އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެކަމަށެވެ.

އެސްއެމްއީ ބޭންކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް އެސްބީއައިއިން 25 މިލިއަން ޑޮލަރުގެ ކުރިޑިޓް ފެސިލިޓީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ސަޕްލިމެންޓުގައި، އެސްއެމްއީ ބޭންކުން ލޯން ދޭން އިތުުރު 350 މިލިއަން ރުފިޔާ ހިމަނާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: