ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމަކީ ވިސްނާލަންޖެހޭ ކަމެއް: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަމްހީދު މިހެން ވިދާޅުވީ، ޒަކާތު އައުގާފް އަދި ހައްޖު ފަންޑުފަދަ، ފަނޑުތަކުގެ ސަބަބުން މެލޭޝިޔާފަދަ ގައުމުތައް ކުރިއަރައިގެންދާކަމަށް ފާހަގަކޮށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަފައެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ ޝަމްހީދު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާފަދަ އިސްލާމީ ޤައުމުތަކުގައި ޓެކްސްއާއި ޒަކާތުގެ ފައިސާ ބަލައި ގަންނަނީ ޓެކުސް އޮތޯރިޓީއިންކަމަށެވެ.

މިހާރުވެސް ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި މީރާ ހިނގަމުންދާއިރު، އަދި މިހާރުވެސް ޒަކާތުގެ ފައިސާ ބަލައިގަންނަމުންދަނީ އެ އިދާރާއިން ކަމަށްވާހިނދު، ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމަކީ ވިސްނާލަންޖެހޭކަމެއްކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.

އަލަށް އުފައްދާ ’ޒަކާތު ހައުސް‘ އަކަށް ޒަކާތުގެ ފައިސާއިން ބޮޑު ބައެއް ހޭދަކުރުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުވެދާނެކަމެއް ކަމުގައި ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، މިކަމާމެދު ފުންކޮށް ވިސްނައި، އެންމެ ހަރަދު ކުޑަ އަދި ފައިދާ ބޮޑު ގޮތަކަށް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތު ފަންޑަކީ މިހާރުވެސް ދައުލަތަށް އެންމެ ފަސޭހަ ކޮށްދޭ ފަންޑުކަމަށެވެ. ރައްޔިތުން ހިލޭ ސާބަހަށް އެންމެ ބޮޑު އެހީއެއްވާ ދައުލަތުގެ ފަންޑަކީވެސް އެއީކަމަށް ފާހަގަކުރައްވާފައެވެ. ދައުލަތުން ބުރައެއް އުފުލަން ޖެހޭކަމެއް މިކަމުގައި ނެތްކަމަށާއި، ޒަކާތުގެ ތެރޭގައި ޒަކާތް އޮފީސްވެސް ހިމެނޭކަމަށާއި، އެއީ އޯއީސީގެ ފިގްހީ ގަރާރުގައި އޮންނަ ގޮތްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: