ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށް ނިންމަނީ!

ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމު ކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ގޮސްފައިވާ ހިސާބަށް އަލިއަޅުވާލައްވާ ޝަރީފް ވިދާޅުވީ، މި މަސައްކަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 7 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ޚިދުމަތް ގާއިމްކޮށްފައެވެ.

މި އަތޮޅުތަކަކީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު. މިވަގުތު އިތުރު 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް އަޅުގަނޑުމެން މިވަނީ ތައްޔާރުވެފަ.

ޝަރީފް ވިދާޅުވީ، ބާކީ 7 އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ޚިދުމަތްގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ ބީއެމްއެލްގެ އަމާޒު ކަމަށެވެ.

އޭޓީއެމް އިން މިދެވޭ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ،  އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުއާމަލާތްތަކުގެ އަދަދަށް ބަލާލުމުންވެސް އެނގިގެންދާ ކަމަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމް ޚިދުމަތް މިހާ ބޭނުންތެރި ޚިދުމަތަކަށްވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ޚިދުމަތް ބޭނުންތެރި ޚިދުމަތަކަށް ނުވާންވީ ޚިދުމަތެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

މީގެ އިތުރުން، ދިވެހި މުޖުތަމައުން ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ޚިދުމަތް ނުދީ ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން މި ޚިދުމަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމްކުރުން ކަމަށެވެ.

ޝަރީފް ވިދާޅުވީ، ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ގެނެސްދީފައިވާ ކަމަށާއި، މިހާރުވެސް ބީއެމްއެލްގެ %99.7 މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: