މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންނެވެ. އެގޮތުން މިއަހަރު މިހާތަނަށް ޒިޔާރާތްކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.
މީގެ ތެރެއިން 1،008،081 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73.3 ޕަސެންޓް ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 175 ރިސޯޓު ދަނީ ހިންގަމުންނެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. ހޮޓާތަކުގައި ޗުއްޓީ ހޭދަކުރީ 36،519 ފަތުރުވެރިންނެވެ. 28،354 ފަތުރުވެރިން ވަނީ ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ގައުމުތަކުގެ އެއް ވަނައިގައި އޮތީ ޗައިނާއެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 208،069 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 163,060 ފަތުުރުވެރިންނެވެ. ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން 126,906 ފަތުުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

