މުޒާހަރާއަށް ނިކުމެ ޕެޕަރ ސްޕްރޭގައި ޖެހޭ ކޮންމެ މީހަކަށް ވަޒީފާ ނުދެވޭނެކަމަށް ވިދާޅުވި ވާހަކައަށް މާފަށް އެދި ކުރެއްވި ޓުވީޓުގައިވެސް އެންމެނަށް ވަޒީފާ ދިނުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ފުރަތަމަފަހަރަށް ބޭއްވި ޒުވާނުންގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި ވަނީ ބައެއް މީހުން ވަޒީފާއަށް އެދެމުން ދާކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީއަށް މަސައްކަތްކޮށް، މަގުމަތީ އުޅުނު ކޮންމެ މީހަލަށް ވަޒީފާ ދިނުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް އެކަމާއި ގުޅޭގޮތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައެވެ.
ޙާއްސަކޮށް، ނިމިދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖެ އިސްލާހުގެ ނަމަށްގެ ނަމުގައި ބޭއްވުނު ސިލްސިލާ މަގުމަތީ ހަރަކާތްތެރިވި، އެމްޑީޕީ އެކްޓިވިސްޓުން ވަނީ އެކަމާ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށްފައެވެ.
https://twitter.com/MohamedNasheed/status/1168044548112576512?s=20
ސޯޝަލް މީޑިއާ ހޫނުވެ، މީޑިއާ ރިޕޯޓުތައްވެސް ކުރަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅޭގޮތުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮންގްރެސްގައި އެމަނިކުފާނު ދެއްކެވި ވާހަކަ ވަރަށް ބޮޑަށް އޮޅިފައިވާކަމަށެވެ.
ރައީސް ނަޝީދު މާފަށް އެދި ކުރެއްވި ޓްވީޓުގައިވެސް ވިދާޅުވީ އެމަނިކުފާނުގެ ވާހަކައިގެ ނުކުތާއަކީ އެންމެނަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމަކީ ފަސޭހަކަމެއް ނޫންކަމަށް އަދި ވަޒީފާ ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރުމަކީ އެމަނިކުފާނުގެ ބޭނުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

