ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދާކުރަމުންދަނީ ގައުމީ މުހިންމު ވާޖިބުތަކެއް: އިހުސާން

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އިހުސާން ވާހަކަދައްކަވާ މަންޒަރު/ފޮޓޯ: ދަ ޖޯނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދާކުރަމުންދަނީ ގައުމީ މުހިންމު ވާޖިބުތަކެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކަރެކްޝަން ސާވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ދުވަހުގެ ތަހުނިޔާ ކަރެންޝަންސްގެ އިސްވެރިންނާއި މުވައްޒަފުންނަށް އަރުވާ މިނިސްޓަރ ވިދާޅުވީ، ކަރެކްޝަނަލް ސާވިސްއަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުވައްސަސާއެއްކަމަށެވެ.

ދައުލަތުގެ އެކި ދިމަ ދިމާލުގައި ތިބޭ އާންމު ރައްޔިތުންގެ ތެރެއިން ގައިޑުކޮށްގެން ގެންގުޅެންޖެހޭ ފަރާތްތަކަށް ދޭންޖެހޭ ހާއްސަ ފަރުވާތައްވެސް ދެމުން ދަނީ ކަރެކްޝަނަލް ސަރވީސްއިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްގެން މުޖްތަމައަށް އަނބުރާ ނެރުމާއި، އެފަދަ މުހިންމު ގައުމީ ވާޖިބުތައް ކަރެޝަނަލް ސާވިސްއިން އަދާ ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްގެ ތާރީހުގައިވެސް މިހާތަނަށް އަދާކުރަމުން އައިހާ ފުރިހަމަގޮތެއްގައި ކުރިއަށް އޮތްތާގައި ވެސް އެ ސާވިސްގެ މަސައްކަތްތައް ހަމަ އެގޮތަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަގުތައް ދަނީ ފަހިވަމުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެ ސާވިސްއަށް ބޭނުންވާ ފަންނީ އެކިއެކި ގާބިލްކަން އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: