އަމާޒަކީ ރާއްޖޭގެ ސައިބަރ ސެކިއުރުޓީ ޕޯސްޗަރ މަތިކުރުން ކަމަށް ނޭޝަލް ސައިބަރ ސެކިއުރިޓީ އޭޖެންސީން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެންސީއެސްއޭގެ ސީއީއޯ ޑރ. ނައުފަލް ވިދާޅުވީ 2.0 އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްޕޯމޭޝަންގެ މައިގަނޑު އެއް ވިޝަން ކަމަށެވެ. އެ ވިޝަންގެ ތިން ވަނަ ”ޕިލަރ“ އެއްގެ ގޮތުގައި އޮތީ ނޭޝަނަލް ސައިބަރ ސެކިއުޓީއާއި ގުޅޭ ކަންކަން ކަމަށް ނައުފަލް ވިދާޅުވިއެވެ. އެގޮތުން ޕޭސްތަކަކަށް ބަހާލައިގެން ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ތަފްސީލްތައް އެންސީއެސްއޭގެ ސޯޝަލް މީޑިއާއިންފެންނަން ހުންނާނެ ކަމަށް ނައުފަލް ވިދާޅުވިއެވެ.
އެޖެންސީ އުފެއްދުމަށް ފަހު ކުރެވިފައިވަނީ ފައުންޑޭޝަން ލވެލްގެ މަސައްކަތްތަކެއް ކަމަށް ނައުފަލް ފާހަގަކުރެއްވިއެވެ. ދެވަނަ އަހަރު އޮތީ އޮޕަރޭޝަނަލް މަސައްކަތްތަކެއް ކަމަށާއި ތިންވަނަ އަހަރު ކެޕޭސިޓީ ބިލްޑް ކުރުމުގެ މަސައްކަތައް ފަހު ހަތަރު ވަނަ އަހަރު އޮތީ ގިންތި މަތި ކުރުމަށް ކުރެވޭ މަސައްކަތަކާއިއެކު މި ސަރަހައްދުގައި ރާއްޖޭގެ ގިންތި މަތިކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ނައުފަލް ފާހަގަ ކުރެއްވިއެވެ.
”18 މާޗު 2024ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، 1 އޮގަސްޓުގައި އަޅުގަނޑު އެޕޮއިންޓް ކުރެވުނީ އިންޓަރވިއު ޕްރޮސެސްއެއްގެ ތެރެއިން، އޭގެ ފަހުން އަޅުގަނޑުމެން ފުރަތަމަ އިސްކަމެއް މި ދިނީ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސްޓްރެޓެޖީއެއް ގާއިމްކުރުމަށްޓަކައި. އެކަންތައް އޮކްޓޯބަރ މަހުގައި ކުރުމަށްފަހުގައި ދެން ނޮވެމްބަރު މަހުގައި އަޅުގަނޑުމެން ސައިބަރ ސެކިއުރިޓީ ގާނޫނުގެ މަސައްކަތް ކޮށް ނިންމާފައި މިވަނީ. މި ވަގުތު ގާނޫނު އޮތީ އޭޖީ އޮފީހުގައި. މި އަހަރު މޭ މަހުގައި އަޅުގަނޑުމެން ވެބްސައިޓު ލޯންޗް ކޮށްފައި. އެއަށްފަހުގައި އަޅުގަނޑުމެންނަށް މުވައްޒަފުންގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކޮންމެސް ވަރެއްގެ ބޭނުމެއް ކުރުމަށްތަކައި މި ޒަމާނަކީ އާޓިފިޝިއަލް އިންޓެލިޖެންސްގެ ޒަމާން ކަމަށް ވާތީ އެއައި އެސިސްޓެންޓެއް ތައާރަފްކޮށްފައި. އަދި އެއަށް ފަހު ލާނިން ޕްލެޓް ފޯމެއް ތައާރަފް ކޮށްފައި ވާނެ. މުޅި އޮގަނައިޒޭޝަންގެ މަސައްކަތްތައް ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށްޓަކައި ޖީއާރުސީގެ ނަމުގައި ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފަ“
ނައުފަލް ވިދާޅުވީ ”އާސްކް އެންސީއެސްއޭ“ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންގެ ދަތިކަން ފޫ ބެއްދުމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި މުވައްޒަފުންނާއި ގުޅޭ ގޮތުން އަހަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ތައްވެސް ހިއްސާ ކުރެވިގެން ދާނެ ކަމަށް ނައުފަލް ވިދާޅުވިއެވެ.
މި އެއައި އެސިސްޓަންޓްގެ ސަބަބުން ސައިބަރ ސެކިއުރިޓީ ހައިޖީން އާއި ގުޅުންހުރި ހުރިހާ ސުވާލުތަކަކާއި އަދި އޭޖެންސީއަށް ޖުމްލަގޮތެއްގައި ކުރަންހުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ނައުފަލް ވިދާޅުވިއެވެ.

