ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ އިމަޖެންސީ ރެޑިނެސްއަށް ހާއްސަ ޑްރިލެއް އަންނަ މަހު ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަޖެންސީ ހާލަތަކަސް ތައްޔާރުވުމަށްޓަކައި، ހާއްސަ ޑްރިލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އެއާޕޯޓު ހުޅުވިގެން ދިޔައީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ޖުލައި 26ގައެވެ. އެގޮތުން، މި އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވުމުގެ ކުރިން އަދި ހުޅުވުމަށް ފަހުވެސް، އޮރާޓް ޕްރޮސެސް ފުރިހަމަ ކުރަން ޖެހެއެވެ. އޮރާޓް ޕްރޮސެސް ނުވަތަ އޮޕަރޭޝަނަލް ރެޑީނެސް އެންޑު އެއާޕޯޓް ޓްރާންސްފާ(އޮރާޓް)އަކީ އެއާޕޯޓެއް ނުވަތަ ޓާމިނަލެއް ހުޅުވުމުގެ ކުރިން، އެތަނެއްގެ ހިދުމަތްތަކާއި ޕްރޮސީޖަރތައް ދުރާލާ ތައްޔާރުކުރުމާއި، އިކުއިޕްމަންޓު އަދި މެޝިނަރީސް ޓެސްޓުކުރުމުގެ އިތުރުން އެތަނުގައި ހަރަކާތްތެރިވާ އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމެވެ. އެގޮތުން، އޮރާޓްސްއަކީ އެކި މަރުހަލާތަކަކަށް ބަހާލައިގެން، އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކަމެކެވެ. މިވަގުތުގައި، އެ އާޕޯޓުން ކުރިއަށް ގެންދަނީ، އޮރާޓްގެ ފަސް ވަނަ މަރުހަލާއެވެ. މި މަރުހަލާގައި، ޓާމިނަލް ބޭނުންކުރަން ފަށާނެއެވެ. އެގޮތުން، މި މަރުހަލާގައި، އާންމު ހާލަތުގައި އައު ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލެވިގެންދާނެއެވެ. އަދި ރޭވުންތެރިކަމާއިއެކު ފަހަރުކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލްއަށް މި މަރުހަލާގައި ބަދަލުކުރެވިގެންދާއިރު، އެ އެއަރލައިންތައް މަޑުމަޑުން އިތުރުކުރަމުން އައިސް ބައިނަލްއަގްވާމީ ހުރިޙާ އެއާލައިންތަކުގެ އޮޕަރޭޝަން އައު ޓާމިނަލްއަށް ބަދަލުކުރެވިގެންދާނެއެވެ.

މީގެއިތުރުން، ވީއައިއޭއަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ފެތޭ އެއާޕޯޓެއްކަމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ، މި ހަރަކާތަކީ، ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. އެގޮތުން، މި ހަރަކާތް ބާއްވަން، އެމްއޭސީއެލްއިން ތައްޔާރުވަމުން އަންނައިރު، މި ހަރަކާތް ބޭއްވުމަށް، ރޭވިފައިވަނީ އަންނަ ސެޕްޓެމްބަރުގެ 8ގައެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ، ވީއައިއޭގައި ދިމާވެދާނެ، އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބޭއްވީ، 2022 ވަނަ އަހަރުގައެވެ. އެގޮތުން، އެ އަހަރު ބޭއްވުނު ހަރަކާތުގައި، ރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: