ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި،  އެ ގައުމުގެ ރައީސް، އާސިފް އަލީ ޒަރްޑަރީއަށް ތަހުނިޔާ ފޮނުއްވާފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ޕާކިސްތާނުގެ ރައީސްއަށާއި އެ ގައުމުގެ ޕްރައިމް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރާކަމަށެވެ. އަދި، ދެ ގައުމުގެ މެދުގައި އޮތް އިސްލާމީ އަހްވަންތަކަމާއި ގުޅުންތަކުގެ މައްޗަށް ރައީސްގެ މެސެޖުގައި ވަނީ އަލިއަޅުއްވައިފައެވެ.

މިގޭއިތުރުން، ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީން ރައީސްގެ މެސެޖުގައި ވަނީ ދެއްވައިފައެވެ. އަދި، ޕާކިސްތާނުގެ ރައީސްއަށާއި، އެ ގައުމުގެ ބޮޑު ވަޒީރު ޝަރީފަށް ދުޅަހެޔޮ ސިއްހަތަކާއި، އެ ދެބޭފުޅުންނަށް  އުފާވެރިކަން އެދިވަޑައިގެންނެވިއިރު، ޕާކިސްތާނަށާއި، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއާއި، ޕާކިސްތާނުގެ ދެމެދުގައި ރަސްމީކޮށް، ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަތަމަ ގާއިމުކުރެވިގެންދިޔައީ، ރާއްޖެއަށް މިނިވަން ލިބުނު ދުވަހު، 1966 ވަނަ އަހަރުގެ ޖުލައި 26ގައެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި ވަރަށް ހާއްސަ ގުޅުމެއް އޮތްކަން ފާހަގަކުރެވެއެވެ. އެއީ، ދިވެހި ރައްޔިތުންގެ މަޖިލީހުގެ ބިލްޑިންގ އިމާރާތްކުރުމަށް ފަނޑު ކުރީ ޕާކިސްތާނުންކަމަށްވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: