ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ، ދިވެހި ގައުމުގެ ފައިދާއަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގުރާމުގައި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައި ފާސްކުރި އިސްލާހަކީ، ދިވެހި ރައްޔިތުންނަށް ފައިދާ ހުރި އިސްލާހެއްކަމަށެވެ.
ރިޔާޒް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަމުގެ ދެ ދައުރު ލިބުނުއިރު، އެ ދައުރުތަކުގައި ކައުންސިލުތަކަށް ލިބެންޖެހޭ ފުރިހަމަ މިނިވަންކަމެއް ލިބުނު މަންޒަރު ނުފެންނަކަމަށެވެ.
ރިޔާޒް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެންނައި ބަދަލުތަކަށް، ވަަރަ ގިނަ ރައްޔިތުން ތާއިދުކުރާ ކަަމަށެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގައި ތިބޭ ގިނަ ފަރާތްތަކަކީ، އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅަށް ވަކި ބަޔަކު، އަދި ސަރުކާރާއި އެއްކޮޅަށް ވަކި ބަޔަކުކަމަށެވެ. އޭގެ ސަބަބުން، ވެރިކަމުގައި ހުންނަ ޕާޓީއާއި ދެކޮޅަށް އިދިކޮޅު ޕާޓީގެ އަތޮޅު ނުވަތަ ރަށު ކައުންސިލުން މަސައްކަތްކުރަނީ، ސަރުކާރުން ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުކުރެވުމަށް ހުރަސްއެޅުމަށްކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، ސަރުކާރާއި އެއްކޮޅަށް ހުރި ކައުންސިލުތަކުން މަސައްކަތް ކުރަނީ، އެ އިދާރާއާއި ހަވާލުވެ ހުންނަ ރަށް، ނުވަތަ އަތޮޅުގެ ރައްޔިތުންނަށް މަންފާކުރަނިވި ކަންތައްތައް ކުރުމަށްކަމަށް ރިޔާޒް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން.. މިއުޅެނީ… ޖެއްސުންކުރަން… އެހެންމާ… ހަގީގަތުގައި.. މި ގެނެވުނު ބަދަލަށް… މި ގެނެވޭ ބަދަލުތަކަކީ.. އަޅުގަނޑު ދަންނަވާނީ.. އެއީ ފުރަތަމަ އަލަށް… ދިވެހިރާއްޖޭގަ… ރައީސުލްޖުމްހޫރިއްޔާއަކު… ނޫނީ… ދިވެހިރާއްޖޭގެ ވެރިކަމެއްގެ ފަރާތުން… އެ ބާރުތައް… އަޅުގަނޑުމެންގެ އަމިއްލަ.. ކައުންސިލުތަކަށް… ފުރިހަމައަށް ދޫކޮށްލާނެ.. ވެރިކަމޭ… މި ވެރިކަމަކީ… އަޅުގަނޑު ގަބޫލުކުރަނީ އެކަން އެގޮތަށް ވެގެންދާނެ ކަމަށް…
ރިޔާޒް ވިދާޅުވިގޮތުގައި، ސަރުކާރާއި އިދިކޮޅު ކައުންސިލުތަކުން މަސައްކަތްކުރަނީ، ސަރުކާރާއި ދެކޮޅަށް ކަމަށެވެ. އަދި، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައުމަށް ހުށަހަޅައިފައިވާ އިސްލާހުގެ ބިލަކީ، ދިވެހިރާއްޖޭގެ ތާރީހުގައި، ވެރިކަން ކުރި ރައީސުލްޖުމްހޫރިއްޔާތަކުގެ ތެރެއިން، ކައުންސިލުތަކަށް، އެ ފަރާތްތަކުގެ އަމިއްލަވަންތަ ގޮތުގައި ހިންގުމަށް ދޫކޮށްލާނެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ، ރައީސް މުއިއްޒުކަމަށެވެ.
ރިޔާޒް ވިދާޅުވީ، މަޖިލީހުން ފާސްކޮށްފައިވާ، ލާމަރުކަޒީ ނިޒާމުގެ ގާނޫނުގެ ބިލުގަައި ހުރި ބަދަލުތަކުގެ ތެރޭގައި ހިމެނޭ، ކައުންސިލުތަކުގެ އަދަދުތަކަށް ބަދަލު ގެނައުމަކީ، ކުރަންޖެހޭ ކަމެއްކަމަށެވެ. އެއީ، ސަރުކާރުގައި ނެތް ފެންވަރުން ނުވަތަ ކެޕޭސިޓީއަކުން، ކައުންސިލުތައް ހިންގުމުގެ ގާބިލުކަންނެތުމުގެ ސަބަބުންކަމަށާއި، ދިވެހިރާއްޖޭއަށް އެކަށީގެންވާ އަދަދަކަށް، ދާއިރާތަކާއި ރަށްރަށުގައި، ކައުންސިލުތަކުގެ ކައުންސިލަރުން ބަހައްޓަންޖެހޭކަމަށެވެ. އަދި، ސަރުކާރުން މަސައްކަތްކުރަންޖެހޭނީ، ގައުމަށް ލިބޭ އާމްދަނީއަށް ބަލައިގެން، ގައުމު ތަރައްގީކުރުމަށް ކަމަށެެވެ.
ރިޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނެވޭ ބަދަލުތަކަކީ، ދިވެހި ގައުމަށް ފައިދާއަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށެވެ.

