ދައުލަތުގެ މަތީ މަަޤާމުުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިއްވަރު ދެއްވަމުން ގެންދަވާކަމަށް ބުނެ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.
ދައުލަތުގެ މަތީ މަަޤާމުުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވަމުން ގެންދަވާތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވަނީ ވިދާޅުވެފައެވެ.
ބާރުގަދަ މަސްތުވާތަކެއްޗާއި ބާރު ދެރަ މަސްތުުވާތަކެއްޗާއި ހިކި އަދި ދިޔާ މަސްތުވާތަކެތި ބޭނުންކޮށްގެން މި ޤައުމުގެ އެތަށް އާއިލާއެއް ރޫޅި ޤައުމުގެ އުފެއްދުންތެރިކަން ދައްވެ، ޤައުމުގެ އެތަށް މަސައްކަތްތަކެއް ބިދޭސީން ނަގާ، ޤައުމުގެ މިނިވަން ކަމާއި އަމިއްލަވަންތަކަން ގެއްލިގެން ގޮސްފައިވާ ކަމީ ފެންނާން އޮތް ހަޤީގަތެއް ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިސްލާމްދީނާއި ކައިރިއަށް މި ޤައުމު ޖެހިގެން މެނުވީ މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށެވެ.
މަސްތުވާތަކެތި މުޖްތަމައުގައި އާންމުވުމާއި ގުޅިގެން އެކަން ހުއްޓުވުމަކަށް ގެނައުމަށް ފުލުހުން ބޮޑެތި އޮޕަރޭޝަންތަށް ހިންގަމުން އަންނައިރު ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޔޫތް ކޮންގްރެސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަސްތުވާތަކެތި އަތުލައިގަންނަން ފުލުހުން ހިންގާ އޮޕަރޭޝަންތަކަކީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރުގެ ގޮތުގައި ޚަރަދު ކުރުން ކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަދައްކަވާފައެވެ.
މި މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗަކީ ވަބާއެއް ކަމަށެވެ. އަިދ މީހުންގެ ގެދޮރާއި މުދަލުގެ ރައްކާތެރިކަން ގެއްލި ވައްކަމާއި ފޭރުން އާންމުވެ ޒުވާނުން އެތަށް މަރެއް ހިންގުމަށް ހުޅެވޭ ދޮރަކަށް ވާއިރު މިއީ ސީރިއަސް ކަމެއް ނޫންތޯ ވަނީ އައްސަވާފައެވެ. އަދި ރައްޔިތުންގެ އާންމު ރައްކާތެރިކަން ކަށަވަރުކުރަން މުހިންމު ނުވަނީތޯ ވަނީ ސުވާލުކުރައްވާފައެވެ.
މި ފުރުސަތުގެ ބޭނުން ހިއްޕަވާ މަސްތުވާތަކެތީގެ ވާބާއިން ގައުމާއި ވަކިން ހާއްސަކޮށް ޒުވާންޖީލު ސަލާމަތްކުރުމަށް މަސައްކލަތް ކުރުމަށް މައިޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޑރ ޖަމީލް ގޮވާލެއްވިއެވެ.
އަދި ހިތްވަރު ދެއްވުން ތަކުރާރު ވުމަކީ މިފަދަ ކަށްތައް އާންމުވުމަށް ލިބޭ ފުރުސަތަކަށް ނޫނީ ނުވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މި ސަރުކާރުން މަސްތުވާތަކެއްޗަށް ހިއްވަރު ލިބޭ ގޮތަށް ފާޅުގައި ދައްކަމުންދާ ވާހަކަތަކާއި ގުލޭގޮތުން ރާއްޖޭގެ ބައެއް ޝެއިޚުންވެސް ވަނީ ނުރުހުން ފާޅުކުރައްވާ ޓުވީޓުކުރައްވާފައެވެ.
ޑްރަގު ނައްތާލުމަކީ ވާޖިބެއްކަން ފާހަގަކުރައްވާ ޝެއިޚު އަލީ ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑްރަގް ނަގާމީހުންގެ ދިފާއުގައި ނުވަތަ އެ އަމަލު ހިންގަން ހިތްވަރުދެވޭ ގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑްރަގާއި ރަލަކީ އިސްލާމީ ޤައުމަކުން ފެނިގެންވާނެ އެއްޗެސެއް ނޫން ކަމަށް ޒައިދު ވިދާޅުވިއެވެ.
ޝެއިހު ޝަފީއު އަބްދުﷲ ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ މަސްތުވާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި އެކަމުގައި އެހެން ވިސްނުމެއް އަލްޓަނޭޓިވް ނެރެޓިވް އެއް ނެތް ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ މަތީ މަޤާމުތަކުގަިއ ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްތި ބޭނުންކުރުމަށް ހިތްވަރު ދޭ ފަދަ މޭރުމުން ވާހަކަދައްކަވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު ސަރުކާރުގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅެއް މަސަތުވާތަކެތި ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފޭސްބުކްގައި އެ ވީޑިއޯ ހިމަނާ، އާންމުކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން ވީޑިއޯއިން ފެންނަނީ ޔޫތު މިނިސްޓްރީގެ ޔޫތު އެސޯސިއޭޓެޑްގެ މަގާމަށް ރައީސް ޞާލިހް އައްޔަން ކުރައްވާފައިވާ ގދ.ވާދޫ އަހްމަދު ނަރީޝް ސައީދެވެ.
ނަރީޝް އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާއާއި މެދު ފިޔަވަޅުއަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

