ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާލިއާ “އާރްއާރްއާރް”ގެ މަސައްކަތް ކުރަނީ

ފޮޓޯ.. ސޯޝަލް މީޑިއާ(އާލިޔާ ފޮޓޯ ޝޫޓެއްގެ ތެރެއިން)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޤްބޫލް ބަތަލާ، އާއިއާ ބަޓް ޓްރިޕްލް އާރްގެ މަސައްކަތް ކުރަމުންދާ ކަން ކަށަަވަރުކޮށްދީފިއެވެ.

އޭނާ ދަނީ ޓްރިޕްލް އާރުގެ އިތުރުން، ސަދަކް2، ބްރަމްމަޝްތްރާ އަދި ތަކް ފަދަ ފިލްމްތަކުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ އިންޝާ ﷲގައި ވެސް ސަލްމާން ޚާން އާއި އެކު އޭނާ މަސައްކަތް ކުރުމަށް މީގެން ކުރިން އޮތީ ހަމަޖެހިފައެވެ.

އެހެންނަމަވެސް ސަލްމާން ވަނީ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އާއި ޚިޔާލް ތަފާތުވެ އެ ފިލްމް ދޫކޮށްލާފައެވެ.

އާލިއާ އަކީ މިހާރު ބޮލީވުޑްގެ ހުނަރުވެރި އަދި އަގުބޮޑު އެއް ފަންނާނެވެ.

އޭނާ ވަނީ ދާދިފަހުން އޭނާގެ ޔޫޓިއުބް ޗެނަލްއެއް ވެސް ލޯންޗްކޮށްފައެވެ.

ސްޓޫޑެންޓް އޮފް ދަ އެއަރ އިން އާލިއާ ބޮލީވުޑަށް ތައާރްފް ވިއިރު އޭނާގެ އެކްޓިން އާއި މެދު އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

އެހެންނަމަވެސް ރާޒީ އާއި ކަލަންކް، އަދި ގަލީ ބޯއި ފަދަ ފިލްމްތަކަށް ފަހު އާލިއާ ވަނީ އެ ދާއިރާގައި ފައިސާބިތުކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: