ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތުކުރެވޭ ދެ ފުލުހުންނަށް އަނބުރާ ވަޒީފާ ދިނީ މިސަރުކާރުން: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު: ފޮޓޯ ދި އެޑީޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑީންގީއެއްގައި ގެންގޮސް ދޯންޏަކަށް އަރުވައި މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކޮށްފައި ވަނިކޮށް، އެ މީހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންނަކީ ކުރީ ސަރުކާރުން މައްސަލަ ބެލުމަށްފަހު ވަޒީފާއިން ވަކިކުރި ދެ ފުލުހުން ކަމަށެވެ.

”އަޅުގަނޑުމެންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، މި ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައި ވަނީ މި ސަރުކާރުން،“ އުމަރު ވިދާޅުވި އެވެ

ރިލްވާނު މަރާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

ދޮޅު ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ވަނީ ސިއްރު ކޮށްފައިވާތީ އެކަމާގުޅޭގޮތުން އުމަރު ވިދާޅުވީ އެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ އެކަން އާންމު ރައްޔިތުންނަށް ފޮރުވަން ކަމަށެވެ.

އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓް

ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އޭޖީ އިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ހުރި ކަންކަން ތަންފީޒު ކުރަން، ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ ރަސްމީ މަސްއޫލިއްޔަތުން ވަނީ ދުރުކޮށްފަ އެވެ. އެދެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: