ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާއެއް ނުނެރެވޭތީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލަނީ!

ރައީސުލްޖުމްހޫެެރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުފުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭތީ، ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. މަތިވެރީގައި މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމަށް އިދިކޮޅުން ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އެކި ބަދަލުތައް ގެންނަން ޖެހޭކަމަށާއި، އޭގެ ބޭނުމަކީ ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.

ކައުންސިލްތަކުގެ މާލީ މުއާމަލާތްތަކާއި ގުޅޭ އިސްލާހެއް ގެނެސް، އެ ތަސްދީގު ކުރުމުން މި ފަހުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އެއާއި އެކު މިރޭގެ ޖަލްސާގައި ރައީސް ވަނީ ގާނޫނަށް ގެނައުމަށް ގަސްދު ކުރައްވާ އިތުރު ބައެއް އިސްލާހުތައް ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އެހެން ނަމަވެސް ދެ ފުށް ފެންނަ ނިޒާމެއް ގާއިމުކޮށް،  ޗެކް އެންޑް ބެލެންސް އަދި އެކައުންޓެބިލިޓީ ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކޮށްދިނުމުގައި ކައުންސިލަކުން ދާން ބޭނުން ހިސާބަކަށް ދިއުމުގައި ފުރިހަމައަށް އެ ކައުންސިލެއްގެ އަތުގައި ހިފައިގެން ދާން ބޭނުންވާ ބާރު މިނެއްގައި މި ސަރުކާރުން ދާނެ

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގާނޫނަށް އިސްލާހުތަކެއް ގެނެވޭނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލާނެކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އަތޮޅު ކައުންސިލްތަކަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން.. ޤާނޫނުއަސާސީ އަޅުގަނޑުމެން އިސްލާޙުކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށް މިކަމެއް ނުވާނެ… އަތޮޅު ކައުންސިލްތައް އުވާލުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ލާންދާއިރު އަތޮޅު ކައުންސިލެއް ވާކަށް ވޯޓު ލާކަށް ނުޖެހޭނެ..

ރައީސް ވިދާޅުވީ މި ފަށަލަ ދުއްވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި، ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ މަސައްކަތްކުރާނެ ކަމަށެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ.

މި ބަދަލާއެކު ކޮންމެ ކައުންސިލެއްގައި އަންހެން ކައުންސިލަރެއް ހިމެނޭނެ އިންތިޒާމެއް ގާއިމުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: