ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ދައުރުވެސް ދިގުދަންމާލަން ޖެހުނީ ސަރުކާރާއި ވުޒާރާތައް ނާޤާބިލުކަމުން: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް : ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދައުރު މިފަހުން ދިގުދަންމާލަން ޖެހުނީ ސަރުކާރާއި ވުޒާރާތަކުގެ ނާޤާބިލުކަމުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނާޒިލް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުގައި ކަންކަން ހިނގާގޮތަށް ބަލާއިރު ފެންނަމުންދަނީ ވަރަށް ނަޤާބިލު ސަރުކާރެއްގެ ސިފަތައް ކަމަށެވެ.

ނާޒިލް ވިދާޅުވީ، 15 އޯގަސްޓުގައި މަޖިލީހުގެ ދައުރު ނިމެން އޮތްއިރު، އެ ދައުރު ދިގުދަންމާލަން ޖެހުނީވެސް ސަރުކާރާއި އެކި ވުޒާރާތަކުގެ ނާޤާބިލުކަމުގެ ސަބަބުންކަމަށެވެ.

މިސާލަކަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންތަކެއްގެ ދައުރުގެ މުއްދަތު ހަމަވާއިރު، އެކަމާ ގުޅިގެން މަޖިލީހަށް ރައީސްގެ ސިޓީފުޅުވެސް ލިބުނީ ނުހަނު ފަހުންކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ދައުރު ނިމިފައޭ ހަގީގަތުގައި އޭރު އޮތީ، ދައުރު ދިގުދަންމާލަން ޖެހުނީވެސް ސަރުކާރާއި އެކި ވުޒާރާތަކުގެ ނާޤާބިލުކަމުގެ ސަބަބުން

ނާޒިލް ވިދާޅުވީ، ރަނގަޅަށް އިންތިޒާމު ކުރެވި، ޤާބިލުކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދެވޭނަމަ މި ހުރިހާ މައްސަލަތަކެއް ދިމާނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް ހަދަން ”އަޅުންގެ ގޮތުގައި“ ތިބި ބަޔަކަށް މިއަދު ވެފައިވާކަމަށެވެ.

މީގެ އިތުރުން، މިފަދަ ކަންކަމާ ގުޅިގެން އެމްޑީޕީގެ ސަރުކާރު އޮތްއިރު މަޖިލީހުގެ ދައުރު އެއްވެސް ފަހަރެއްގައި ދަންމާލާފައިނުވާނެކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ނާޤާބިލު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާ ހިސާބަށް ކަންކަމުގެ ރަނގަޅު މައުލޫމާތުތައް ފޯރުކޮށްނުދޭކަމަށެވެ.

ނާޒިލް ވަނީ ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ނާޒިލް ވިދާޅުވީ، ކައުންސިލްގެ ދައުރު ހަމަވާން ބާކީ އޮންނަ 365 ދުވަސް ނުވަތަ އެންމެ ފަހު އަހަރު ގިނަ ކަންތައްތަކެއް ނުކުރެވޭ ގޮތަށް ލޮކު ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރަށް ބިލު މަޖިލީހަށް ހުށައެޅުނުތާ ދެވަނަ ދުވަހު ބިލު ފާސް ކުރެވިގެން ދިޔަ ކަމަށާއި، ރައީސް ތަސްދީގު ކުރުމާއި ހަމައަށް ދިޔައީ 3 ދުވަސް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ނަމަ ކައުންސިލްގެ ފަހު އަހަރު އޮންނާނީ ޕެރެލައިޒް ވެފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: