ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ މަސްލަޙަތަށްޓަކައި ދޮގު ޚަބަރު ފަތުރައި މީހުންގެ އަބުރު ނަގާލާ މީޑިއާތައް މަދެއް ނޫން: ސައުދު

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ މަސްލަޙަތަށްޓަކައި ސައްޙަ ނޫން މައުލޫމާތު ފަތުރައި މީހުންގެ އަބުރު ނަގާލާ މީޑިއާތައްވެސް މަދެއް ނޫންކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މީޑިއާ ރެގިއުލޭޓްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މެމްބަރު ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި ހުށަހެޅިފައިވާ ބިލަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި، ނޫސްވެރިންގެ ކަންބޮޑުވުންތައް މި ބިލާ ގުޅޭގޮތުން ހުރިނަމަ ކޮމިޓީ މަރުޙަލާގައި އެކަންކަމުގެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

މި ބިލު ރަނގަޅަށް ކިޔާލިން، އަޅުގަނޑަށް ފެންނަ ފެނުމުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކެއް މި ބިލާ ގުޅޭގޮތުން ހުރިނަމަ ކޮމިޓީ މަރުޙަލާގައި އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ބަލައި އަޅުގަނޑުމެންނަށް މި ބިލު ފަރުމާ ކުރެވިދާނެ

މެމްބަރު ސައުދު ވިދާޅުވީ، މީޑިއާ ކައުންސިލު އަދި މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި، މީޑިއާ ކޮމިޝަނެއް އުފެދުން މި ބިލުގައި ހިމެނިފައިވާ ކަމަށާއި، އެއީ ޤައުމުގެ އިޤްތިސާދީ ޙާލަތު ހުރިގޮތުންވެސް އަޅަން ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އަޅުގަނޑުމެންގެ ބަޖެޓުގެ ޙާލަތު، ނޫނިއްޔާ އާމްދަނީގެ ޙާލަތު، ޤައުމުގެ ޙާލަތު ހުރިގޮތުން، އަޅުގަނޑުމެންނަށް އެކިއެކި ކޮމިޝަންތައް އެކި ގޮތްގޮތަށް ހަދައިގެން ފައިސާ ދިނުމުގެ ވަސީލަތެއް މިވަގުތުގައި ނެތް،

ސައުދު އިތުރަށް ވިދާޅުވީ، އައު ޤާނޫނުއަސާސީއާއެކު ވަރަށް ގިނަ މުއައްސަސާތައް އުފައްދަން ޖެހުނު ކަމަށާއި، އެ ޤާނޫނުއަސާސީ ބައްޓަން ކުރެވިފައި އޮތީ ވަރަށް މުއްސަނދި، އަދި ބޮޑެތި އާމްދަނީ ލިބޭ ޤައުމުތަކުގައި ކަންކަން އޮންނަ ގޮތަށް ކަމަށެވެ. ނަމަވެސް އެއީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ އާމްދަނީއާ ނުބައްދަލު ޚަރަދުތަކެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މި ބިލުން އެއްވެސް މީހަކަށް ޙައްޤު ނޫން ކަމެއް ދިމާވެއްޖެނަމަ ކޯޓަށް ދެވޭނެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކަށް ޖިނާއީ ޖަލު އަދަބެއް ނެތް ކަމަށެވެ. ޖޫރިމަނާވެސް ހިމެނިފައިވަނީ ތަކުރާރުކޮށް އެކަންކަން ކުރާނަމަ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، އަމިއްލަ މަސްލަޙަތަށްޓަކައި މީޑިއާތަކާއި ނޫސްވެރިންގެ ފަރާތުންވެސް ސައްޙަނޫން މައުލޫމާތު ފަތުރަމުންދާ ކަމަށާއި، މައުލޫމާތު ކަށަވަރު ކުރުމެއްނެތިވެސް ރިޕޯޓު ކުރަމުންދާކަމަށެވެ. އަދި އެއީ ދެރަ ކަމެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެއްގޮތަކަށްވެސް ބަލާލުމެއް ނެތް، އެއްގޮތަކަށްވެސް އެއީ ރަނގަޅު ވާހަކައެއްތޯ ތެދު ވާހަކައެއްތޯ ބަލާލުމެއް ނެތް، ހަމަ ޖަހާލަނީ ނޫސްތަކުގައި ސުރުހީގައި، މިއީ ޙާލަތަކީ

މެމްބަރު ވިދާޅުވީ، ކޮންމެ މީހަކީވެސް އަބުރަކާއި އިއްޒަތެއް ލިބިގެންވާ މީހެއް ކަމަށާއި އެކަން ހިމާޔަތް ކުރުމަކީ އިސްލާމް ދީނުގައިވެސް އަންގަވާފައިވާ ކަމެއް ކަމަށެވެ. މި ބިލުން އަންގަނީ އިސްލާމް ދީނާއި ޤާނޫނުއަސާސީ އަދި ޤައުމީ ސަލާމަތަށް ޙުރުމަތްތެރިކޮށް ހިތައި، އިޖުތިމާއީ ފޭރާން ހިމާޔަތް ކުރުމަށްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވިއެވެ. އެގޮތުން ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި، ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: