ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރެޑް ކްރެސެންޓުން ކުރާ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

ދިރާގު "ޕާޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިރާގުން ”ޕާޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް“ އައުކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި އައުކުރުމާއެކު، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެހީތެރިވެދޭނެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގައާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދެއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ އެހީ ފޯރުކޮށްދިނުން، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ދިނުން އަދި މީގެ އިތުރުންކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން، ދިވެހި ރެޑް ކްރެސެންޓްގެ އިންސާނީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ފާހަގަ ކުރިގޮތުގައި މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި  އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: