ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024ގައި ފަވަރައިން 8 މިލިއަން މުއާމަލާތްކުރި: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް އެތައް ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެކެވެ. ޚާއްޞަކޮށް ފަވަރަ ނިޒާމު ތަޢާރަފުކުރެވުމާއެކު، ވަގުތުން ވަގުތަށް މާލީ މުޢާމަލާތްތައް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނުއިރު 8 ބޭންކަކުން ފަވަރަ ނިޒާމުގައި ބައިވެރިވެ، 8 މިލިއަނަށްވުރެ ގިނަ މުޢާމަލާތް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، އިތުރު ދެ ބޭންކެއް މި ނިޒާމާ ގުޅުމުގެ އެންމެ ފަހު މަރުޙަލާގައި ވަނީ ހިމެނިފައެވެ. މިކަމުން ދައްކުވައިދެނީ އާންމުންގެ މެދުގައި މި ނިޒާމަށް އޮތް އިތުބާރާއި ޤަބޫލުކުރުމުގެ މިންވަރެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ތަރައްޤީއާއެކު، ޗެކް ފަދަ ކަރުދާހުގެ ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތައް މަދުވެ، ޑިޖިޓަލް މުޢާމަލާތްތަކުގެ ބޭނުން އިތުރުވެފައިވެއެވެ. އެކައުންޓު ޓްރާންސްފަރ، އިލެކްޓްރޯނިކް މަނީ އެކައުންޓު އަދި ކާޑު މެދުވެރިކޮށް ކުރެވޭ މުޢާމަލާތްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ފަވަރަ ނިޒާމުގެ ސަބަބުން 24 ގަޑިއިރު ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް މާލީ ޚިދުމަތްތައް ލިބުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ދިރިއުޅޭ 437,000 މީހުންގެ ބޭންކު އެކައުންޓު ހުޅުވިފައިވާކަން ފާހަގަކުރެވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ. އެކައުންޓު ހުޅުވުމުގެ ޚިދުމަތް ޑިޖިޓަލައިޒްކުރެވި، ކުޑަކުދިންގެ އެކައުންޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މި މުއްދަތުގައި 17,000 ވިޔަފާރިއަކުން ބޭންކު އެކައުންޓު ހުޅުވާފައިވާއިރު، ޖުމްލަ އެކައުންޓުތަކުގެ 69 އިންސައްތައަކީ ދިވެހިންގެ އެކައުންޓުތަކެވެ. ބާކީ 31 އިންސައްތައަކީ ބޭރު ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުގެ އެކައުންޓުތަކެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމުގެ ބައިނަލްއަޤްވާމީ ބައިވެރިވުން ދައްކުވައިދޭ މުހިންމު ތަފާސްހިސާބެކެވެ.

ރައްޔިތުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފުޅާކުރެވިފައެވެ. މިއީ ސަރުކާރާއި ބޭންކުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެގެން ދިޔަކަން ދައްކުވައިދޭ ކަމެކެވެ.

2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް، ޚާއްޞަކޮށް ފަވަރަ ނިޒާމަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެކެވެ. މި ކުރިއެރުންތަކާއެކު، ރާއްޖޭގެ މާލީ ޚިދުމަތްތައް އިތުރަށް ޒަމާނީވެ، ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެން ގޮސްފައިވެއެވެ. މިއީ ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ހިޖުރަކުރަމުންދާކަން ދައްކުވައިދޭ ހެއްކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: